މަސްވެރިކަމާއި ގުޅޭ

Chimera

މަދުން ނޫނީ ނުފެންނަ މިޔަރުގެ ވައްތަރެއް ނިއުޒިލޭންޑުން ފެނިއްޖެ

މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކުޑަ މިޔަރުގެ ވައްތަރެއް، ނިއުޒިލެންޑް ކަނޑުން ސައިންޓިސްޓުން ތަކަކަށް ފެނިއްޖެއެވެ. މި ބާވަތުގެ މިޔަރު ފެންނަލެއް މަދީ، ކަނޑުގެ 200 މީޓަރަށް ވުރެ އަޑީގައި އުޅޭތީއެވެ.

އެ "ގޯސްޓް ޝާކް" ފެނިފައި ވަނީ ނިއުޒިލޭންޑްގެ ދެކުނުން އޮންނަ ރަށެއްގެ ކަނޑުގެ ސަރަހައްދުގެ 1.2 ކިލޯމީޓަރު އަޑިންނެވެ. މި ބާވަތުގެ މިޔަރަށް 'ކައިމޭރާ' އޭ ވެސް ކިޔައެވެ.

މި މިޔަރުގެ ދިގުމިނުގައި ހުންނަނީ 19 ސެންޓިމީޓަރެވެ. އަދި މި މިޔަރު ނިސްބަތްވަނީ ކޮން ސްޕީޝީސް އަކަށް ތޯ ސައިންސްވެރިން އަދިވެސް ދަނީ ހޯދަމުންނެވެ.

ބައެއް ސައިންޓިސްޓުން ބުނާ ގޮތުގައި، މި ބާވަތުގެ މިޔަރުގެ ބޮޑު ވައްތަރު ތަކުގެ ދިގުމިނުގައި 1.5 މީޓަރު ހުންނަ ކަމަށް ވެއެވެ.

މި ބާވަތުގެ މިޔަރުގެ ބިސް ހުންނަނީ ކަނޑުގެ އަޑީގައެވެ. އާއްމުންނަށް ވެސް މި ބާވަތުގެ ބިސް ހޯދަން އުނދަގުލީ އެހެންވެ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓާ އެންޑް އެޓްމޮސްފެރިކް ރިސާޗްގެ ސައިންސްވެރިޔާ ޑރ. ބްރިޓް ފިނުޗީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!