މަސްވެރިކަމާއި ގުޅޭ

މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ޕީއެސްއެމް ނިއުސް
މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްވެރިކަމުގެ އައު ސިނާޢަތެއް ގާއިމު ކުރެވޭނީ ރާއްޖޭގައި މެރިކަލްޗަރ ތަރައްގީކޮށްގެން: މިނިސްޓަރ ހުސެއިން

މަސްވެރިކަމުގެ އައު ސިނާޢަތެއް ގާއިމު ކުރެވޭނީ މެރިކަލްޗަރ ރާއްޖޭގައި ތަރައްގީކޮށްގެންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފަރުތަކުގައިވާ މަހުގެ ދިރުންތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަމުގެ އައު ސިނާޢަތެއް ގާއިމު ކުރެވޭނީ މެރިކަލްޗަރ ރާއްޖޭގައި ތަރައްގީކޮށްގެންކަމަށެވެ. އަދި ސަރަޙައްދީ ހެޗަރީތައް ޤާއިމްކޮށް، މަސް ވިއްސަން ދަސްކޮށްދީ، އޭގެ ނަފާވާ ވިޔަފާރި އަށަގަނުވައިގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުންވަނީ ސަރަޙައްދީ ހެޗަރީތަކެއް ފ. ދަރަނބޫދޫ، ތ.ވަންދޫ، ހއ. ފިއްލަދޫ، މ. ވޭވަށުގައި ޤާއިމްކުރުމަށް ނިންމާފައެވެ. އަދި މިކަމާއި ގުޅޭ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މޯލްޑިވްސް މެރިން ރިސަރޗު އިންސްޓިޓިއުޓު ގެ ފަރާތުން ދާދިފަހުންވަނީ މިރަށްތަކަށް އަމާޒްކޮށް 'މެރިކަލްޗަރ އެކްސްޕޯޝަރ ޕްރޮގްރާމް' އެއް ހިންގައިފައެވެ.

މެރިން ރިސަރޗު އިންސްޓިޓިއުޓުން ހާމަކުރާގޮތުގައި ސަރަޙައްދީ 4 ހެޗަރީއެއް ޤާއިމްކުރުމުގެ ބޭނުމަކީ، މިއީ ފާނައަށް އަމާޒުކޮށްގެން ކުރާ މަސައްކަތަކަށްވާއިރު، މާރކެޓަށް ބޭނުންވާ ވަރަށް، އަބަދުވެސް ބާޒާރުގައި އެ އުފެއްދުން ލިބެން ހުންނާނެ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!