މަސްވެރިކަމާއި ގުޅޭ

hhh

ރީނދޫ ލޮލެއް ހުރި ސިފަ ބިރުވެރި މަހެއް ރަޝިއާގެ މަސްވެރިއެއް ބާނައިފި

ރީނދޫ ލޮލެއް ލާފައި ހުންނަ ބިރުވެރި ސިފައެއް ޖަހާ މަހެއް ރަޝިއާގެ މަސްވެރިއެއް ބާނައިފިއެވެ.

ރަޝިއާގެ މަސްވެރިއެއް ކަމަށްވާ ރޯމަން ފެޑޯޓްސޮފްއަކީ މިފަދަ ތަފާތު މަސްތައް ބޭނުމަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. އޭނާ ދަނީ އޭނާއަށް ބޭނޭ މިފަދަ ފޮޓޯތައް އޭނާގެ އިންސްޓަރގްރާމް އެކައުންޓުގައި ހިއްސާކުރަމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ބާނާފައިވާ މަސްތަކުގެތެރޭގައި ހިމެނޭ ރީނދޫ ލޮލެއް ލާފައި ހުރި މަހުގެ ފޮޓޯއަށް ގިނަ ބައެއް ސަމާލުކަމެއް ވަނީ ލިބިފައެވެ.

މި މަހުގެ ހަންގަޑުވެސް ކަނޑުގެ އެހެން މަސްތަކާއި ތަފާތެވެ. ލޯ ރީނދޫ ކުލައިގައި ހުރުމުގެ އިތުރަށް ލޯ އިންނަނީ ވަރަށް ބޮޑަށް ބޭރަށް ނުކުމެފައެވެ. މީގެ ދޫވެސް އޮންނަނީ އެލިފައެވެ. އާއްމުގޮތެއްގައި މިފަދަ ތަފާތު ސިފަތަކުގެ މަސްތައް އޭނާ ބާނަނީ ކަނޑުގެ ވަރަށް އަޑިންނެވެ.

މި ފޮޓޯއަށް މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން ކޮމެންޓުކޮށްފައިވާއިރު، 12000އަށްވުރެ ގިނަ ލައިކް ލިބިފައިވެއެވެ.

މީގެ ކުރިން ރޯމަންވަނީ ބޭބީ ޑްރެގަން؛ އަކާއި ވަތްތަރު މަހެއްވެސް ބާނާފައެވެ. އެ މަހުގައި ހުރީ މަޑު ފިޔާތޮށި ކުލައެވެ. ދިގު ނިގުލަކާއި ބޮޑު ދެ ލޯ ހުރިއިރު، ފިޔަގަނޑެއް ޒާތުގެ އެއްޗެއް އޭގެ ހަށިގަނޑާއި ގުޅިފައިވެއެވެ. އެ މަހަކީ ޗިމައިރާ އެއް ކަން ފަހުން ވަނީ ދެނެގަނެވިފައެވެ. ބައެއް މީހުން މި މަހަށް "ގޯސްޓް ޝާރކް"ގެ ނަމުންވެސް ކިިޔައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. އެއީ ފުނުން ނެގީމަ ވައި އަރައިގެން ލޮލާއި ދޫ ބޭރައް ނުކުމެފަ.

  2. ތީގެ މަހެއް 2019 ވަނަ އަހަރުވެސް ބޭނި

  3. ނުހާ އާރ ޔޫ ޑަމްބް؟ ދޫ ވެސް އޮންނަނީ އެލިފައޯ؟ އޭތި ވައި އަރާފަ އޭނީ. ލޯ ވެސް ނިކުމެފަ އޭނީ އެހެންވެ.

Comments are closed.