މަސްވެރިކަމާއި ގުޅޭ

Fisheries resgistry

ދިވެހިންގެ ލޭނާރު ކެނޑި ބުރިވަނީ!

ދިވެހިންނަށް ކަނޑުން ލިބެމުންދާ ކަނޑުރޯއްޖަކީ ރަން ޖަވާހިރެވެ. ކާބަފައިންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް ކަނޑުން ލިބޭ ނަފާ އަކަށް ބަދަލެއް ނާދެ އެވެ. އަހަރެމެންގެ ކާބަފައިންގެ މުޅި ދިރިއުޅުންވެސް ބިނާވެފައިވީ މި ކަނޑަށެވެ. އެމީހުންގެ އާއިލާގެ ހަރަދު ބަރަދު ބެލެހެއްޓުން މި ކަނޑުތަކުން ހަމަޖައްސަމުން ގެންދިޔަ އެވެ.

ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ކާބަފައިން އޭރު ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމުގައި ދެކެމުންއައި މަސްވެރިކަން ގެއްލެނީ އެވެ. ދިވެހިންގެ ލޭ ނާރު ކަމުގައި ދެނުކު މަސްވެރިކަން ކުރާ ޒުވާނުންތައް ޒަމާނީ މަސައްކަތްތަކަށް ދާން ފެށީ އެވެ. ގިނައީ ފަތުރުވެރިކަމަށްދާ ޒުވާނުންނެވެ.

ފަތުރުވެރި ކަމަކީ ރާއްޖޭގެ މައި އިގްތިސޯދަށް މިހާރު ވެފައިވާ ކަމީ އެއްވެސް މީހަކު ދެކޮޅު ހަދާނެ ކަމެއް ނޫނެވެ. ރާއްޖޭގެ އިގްތިސޯދަށް ފައިދާ ވާނެ ހުރިހާ މަގެއް ގޮސް ނިމެނީ ޓޫރިޒަމްގެ ދާއިރާއަށެވެ. ތަފާތު ޕްލޭން ތަކާއި ކުރިއެރުވޭނެ ގޮތްތައްވެސް ހޯދެނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ތަފާތު ފަރާތްތަކުގެ އެހީ ތައްވެސް ލިބެމުން ދިޔައީ ހަމަ ފަތުރުވެރި ކަމުގެ ސިނާއަތަށެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އިސްތިހާރު ކުރެވެނީވެސް ހަމަ އެ ދާއިރާ އެވެ.

މި ކަމާ ގުޅިގެން ގިނަ މަސްވެރިން ބުނަމުން އަންނަނީ މަސްވެރިކަމުގައި އަބަދުވެސް ދަތިތަކެއް ހުންނަ ކަމަށެވެ. އެ ދަތިކަން ފިލުވާލައިގެން މެނުވީ މަސްވެރިކަން ކުރިއަށް ދާނެ މަގެއް ނުފެންނާނެ ކަމަށެވެ.

 

ޒުވާނުން މަަސްވެރިކަން ދޫކޮށް ފަތުރުވެރިކަމަށް!

ރާއްޖޭގައި މަސްވެރި ރަށްރަށް މަދުވާ އެއް ސަބަބަކީ، ޒުވާނުން މަސްވެރިކަން ދޫކޮަށް ފަތުރުވެރިކަން ފަދަ އެހެން ސިނާއަތްތައް ޚިޔާރު ކުރުމެވެ. އޭގައިވެސް ސަބަބުތަކެއް ވާނެއެވެ. ރަނގަޅަށް މަސް ބޭނޭ މޫސުމުގައި މަހުގެ އަގު އެހާ ދަށެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު، މަސްދޯނި ފަހަރުވެސް ޒަމާނީވެ، ދޯނިތަކުގައި ދޯނިތަކުގައި ތަފާތު ވަސީލަތްތައް ގާއިމު ކުރަން ޖެހުނީއެވެ.

މަސްކޮޅު ކިރާލުމަށްފަހު ތެލު ޚަރަދު ކަނޑައި، ދޯނީގެ ޚަރަދުތައް ކަނޑާފައި މަސްވެހިންނަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާކޮޅު މަދުވުމަކީ ޒުވާނުން މަސްވެރިކަމަށް އަލްވަދާއުކިޔާ އެއް ސަބަބެވެ.

 

ސަރުކާރަށް 4 އަހަރު، ފުއްދުނީ ކިތައް ވައުދު؟

ކޮންމެ ސަރުކާރަކުންވެސް މަސްވެރިންނަށް ގިނަ ވައިދުތައްވެ އެވެ. ނަމަވެސް ވައިދުތައް ފުއްދުމަށް މަސައްކަތް ކޮށްފައި ހުރީ މަދު ސަރުކާރެއްގަ އެވެ. އެންމެންވެސް ދެނީ ބީރު ކަންފަތެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މި ސަރުކާރަށް ހަތަރު އަހަރު ވެފައި ވާއިރު ވައުދުވި ކަންކަމުގެ ތެރެއިން ފުއްދުނީ ކިތައް ކަންތައްތޯ އެވެ.

  • ރާއްޖޭގެ ކަނޑުގެ ސަރަހަދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުން ހުއްޓާލުން
  • މަސްވެރިންނަށް ޑީސެލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުން
  • "މަސްދޯނި އެކައުންޓް” ހުޅުވާ، މަސްވެރިންގެ ފައިސާ ރަށުގައި ޖަމާކޮށް ނެގޭނެ ވަސީލަތްތައް ގާއިމްކުރުން
  • ބޭންކު ލޯންތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  • މަސް ފިނިކުރާނެ ނިޒާމު މަސް ދޯނިތަކުގައި ހަރުކުރުމަށް ލުއި ލޯނު ދޫކުރުން
  • މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހެދުން
  • ތުތި ބޯވަދިލައިގެ މަސްވެރިކަން ރާއްޖެ އަށް ތައާރަފު ކުރުން

އެ ގޮތުން މަސްވެރިންގެ ދޯނިފަހަރަށް އަޅާ ޑީސަލް އަދި ދޯނި ބަނުމަށް ބޭނުންކުރާ ސާމާނުން ޑިއުޓީ ވަނީ ކަނޑާލާފައެވެ. ޑީސަލް އިން ޑިއުޓީ ކަނޑާލުމުން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 1 ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މަސްވެރި ބޮޑެތި އުޅަނދުގެ ހަަރަދުން ސަލާމަތް ކުރެވޭނެއެވެ.

ކޮވިޑާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އައި ލޮޅުން ފެނިފައި ކޮންމެ މީހަކަށް ވެސް ބުނެވުނީ، ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެގެން އިގްދިސޯދު ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ. އެހެން ސިނާއަތްްތައް ކުރިއަރުވަން ޖެހޭނެ ކަމަށެވެ. ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ނުހުއްޓި ކުރިއަށްދިޔަ މަދު ސިނާއަތް ތަކުގެ ތެރޭގައި މަސްވެރިކަން ހިމެނެއެވެ. ނަމަވެސް މިވަގުތު މަސްވެރިކަމުގެ ސިނާއަތަށް ބަލާލައިފިނަމަ ފެންނަނީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ މަސްވެރިކަން ދަށަށް ދާ ތަނާއި ޒުވާނުން މި ދާއިރާއަށް ނުނިކުން މަންޒަރެވެ. ނަމަވެސް ދިވެހިންގެ ލޭނާރު ކެނޑި ބުރިވާއިރު، އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރާ ބަޔަކު ނުފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!