މަސްވެރިކަމާއި ގުޅޭ

ކަޅުބިލަމަސް
ކަޅުބިލަމަސް

ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭންއަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު 14/2019 ގެ 18 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ޑްރާފްޓް ކޮށްފައިވާ ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ. މަސްވެރިކަމުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 12 ބާވަތުގެ މަސްވެރިކަމަށް މެނޭޖްމަންޓް ޕްލޭނެއް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުގެ ދުވަހުގެ ތެރޭގައި އެކުލަވާލައި ތަންފީޒްކުރަން ޖެހެއެވެ. މަސްވެރިކަމުގެ ގާނޫނަށް 1 އަހަރުފުރޭ ތާރީޚަކީ 15 ސެޕްޓެމްބަރ 2020 އެވެ.

ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭންގައި ކަނޑުމަހުގެ 5 ބާވަތެއްކަމުގައިވާ ކަންނެލި، ކަޅުބިލަމަސް، ލޯބޮޑު ކަންނެލި، ލައްޓި އަދި ރާގޮނޑިމަހުގެ މައުލޫމާތު ހިމަނާފައިވެއެވެ. އަދި ރާއްޖޭގައި މަސްވެރިކަން ކުރުމަށް ގެންގުޅޭ އާލާތްތަކުގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ.

މި މެނޭޖްމަންޓް ޕްލޭންގައި މަސްވެރިންނަށް އެންމެ ޚާއްސަ ބަޔަކީ 6 ވަނަ ބާބެވެ. އެއީ މި ޕްލޭން ތަންފީޒްކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ބާބެވެ. ކުރުން މަނާ ކަންތައްތަކާއި އަދަބު ކަނޑައެޅިފައިވަނީ މި ބާބުގައެވެ.

މެނޭޖްމަންޓް ޕްލޭން ޑައުންލޯޑްކުރެއްވުމަށް: ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭން

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!