މަސްވެރިކަމާއި ގުޅޭ

ހިރިލަންދޫ "ބޭރު ބޮއި" ކައިރީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ކަމަށްބުނެ އާންމުކޮށްފައިވާ ފޮޓޯއެއް

ބިދޭސީން ގަވާއިދާ ހިލާފަށް މަސްވެރިކަމުގައި އުޅޭތީ، ޕްރޮޑަކްޓްތައް މާކެޓް ކުރުމުގައި އުނދަގޫވޭ

ބިދޭސީން ގަވާއިދާ ހިލާފަށް މަސްވެރިކަމުގައި އުޅޭތީ، ޕްރޮޑަކްޓްތައް މާކެޓް ކުރުމުގައި އުނދަގޫވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން މަސްވެރިކަމުގައި ހަރަކާތްތެރިވުން ހުއްޓުވުމުގެ މުހިންމުކަމާ ބެހޭގޮތުން، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ކޮންޕްލެއިންސް އޮފިސަރ ހުސައިން ޒަމީލް ވިދާޅުވީ، ހުރިހާ ސިނާއަތެކޭވެސް އެއްގޮތަށް މަސްވެރިކަމަށް ވެސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުހަނު ބޮޑުކަމަށެވެ.

"މަސްވެރިކަމަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރެވޭ މަސައްކަތެއް ގޮތަށް ބައިލަން އަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން ދޭ މެސެޖަކީ. އަދި ދިވެހިރާއްޖޭގައި މި އުފައްދާ މަހުގެ އުފެއްދުންތައް އިތުރު މާކެޓްތަކަށް އެކްސެސްވުންވެސް، ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރެވޭ ނުވަތަ އަޅުގަނޑުމެން މިކިޔާ އިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިޝިން (އައިޔޫޔޫ ފިޝިން)ގެ އެއްވެސް ހަރަކާތެއް އެކު ނުލެވޭ ސާފު މަސްވެރިކަމެއްކަން ދިވެހިރާއްޖެއިން މި ކުރަނީ،" ޒަމީލް ވިދާޅުވިއެވެ.

މިއީ ދިވެހިންގެ މަސްވެރިކަމުގެ އުފެއްދުންތައް އިތުރު މާކެޓްތަކަށް އެކްސެސް ހޯދުމަށްވެސް މުހިންމުވާ ކަމެއް ކަމަށް ޒަމީލް ވިދާޅުވިއެވެ.

މިގޮތުން ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީންތަކެއް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރި ވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ މުޅި އިމޭޖް ކިލަނބުވެގެން ދާކަމަށް ޒަމީލް ފާހަގަ ކުރެއްވިއެވެ.

"އެ ސަބަބަށްޓަކައި މިނިސްޓްރީއަސް މުހިންމުވޭ، ރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި މި ހަރަކާތްތެރިވާ ފަރާތްތަކަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ހަރަކާތްތެރިވާ ފަރާތްތަކެއްތޯ ބެލުން،" ޒަމީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގެ ދަށުން، ދެ ބިދޭސީންނަށްވުރެ ގިނަ ނުވާ ގޮތަށް މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭ ގޮތަށް ވަކި އުސޫލެއް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

ނަމަވެސް އެގޮތަށް ހަރަކާތްތެރިވާ ބިދޭސީންނަށްވެސް ސީދާ މަސްވެރިކަމުގައި ހަރަކާތްތެރިއެއް ނުވެވެއެވެ. އެފަދަ ބިދޭސީން ގެންގުޅެވޭނީ އުޅަނދުގެސެކިއުރިޓީއަށް ނުވަތަ ކެއްކުމަށް ނުވަތަ ސާފުކުރުން ފަދަ ކަންކަމަށެވެ.

އެގޮތަށް އަމަލު ނުކުރާނަމަ، މަސްވެރިކަމުގެ ގަވާއިދާ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އެކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދޯނިތަކުގެވެރިން ގަވައިދާހިލާފައް ބިދޭންސިން ގެންގުޅެ މަސްވެރިކަން ދަސްކޮއްދީއަދި ދޯނިފަހަރު ދުންވަން ދަސްކޮއްދީހަދާފަ މިއަދުހައްދުންތިކަންނެއްޓީމަ މަސްވެރިން މިނިސްޓްރީގަސަކުވާކުރުމުގެ ބޭނުމެއްނެއް�

Comments are closed.