މަސްވެރިކަމާއި ގުޅޭ

ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި 2 ވަނަ ކަނދުފަތި. ފޮޓޯ/: ފިޝަރީޒް މިނިސްޓްރީ
ފުވައްމުލައްސިޓީ ބޭރުގައި ހަރުކުރި 2 ވަނަ ކަނދުފަތި. ފޮޓޯ/: ފިޝަރީޒް މިނިސްޓްރީ

ފުވައްމުލަކު ބޭރުން ކަނޑައިގެންދިޔަ ދެ ކަނދުފަތިވެސް އަޅައިފި

ފުވައްމުލައްސިޓީ ބޭރުގައި އަޅާފައި އޮތް 2 އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމާއި ގުޅިގެން އެސަރަހައްދުގައި އަލުން 2 ކަނދުފަތި އަޅައިިފިއެވެ.

މިކަން ހާމަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ މި ދެކަނފުތީގެ ތެރެއިން ފުރަތަމަ ކަނދުފަތި އަޅާފައިވަނީ ފުވައްމުލަކާ ދިމާ ބޭރުން އިރު ދެކުނުން 11.5 ނޯޓިކަލް މޭލު ބޭރުގައިކަމަށެވެ. އަދި ދެވަނަ ކަނދުފަތި އަޅާފައިވަނީ ފުވައްމުލައްސިޓީއާ ދިމާ އިރުން 10 ނޯޓިކަލް މޭލު ބޭރުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފުވައްމުލައްސިޓީ ކައުންސިލުން ބުނެފައިވަނީ ކަނދުފަތިތައް އެޅުން ލަސްވެފައިވަނީ މިހާރު މުޅި ދުނިޔެއާއި، ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯވާ ވައިރަސްގެ ސަބަބުން ކަމަށެވެ.

އަދި ކަނދުފައްޗަކަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެ ކައުންސިލަށް އެންގުމަށެވެ. ކަނދުފައްޗަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް އެ ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!