މަސްވެރިކަމާއި ގުޅޭ

ހުވަދޫ އަތޮޅުގެ މަސްދޯނިތަކެއް މާންދޫ ބޯޓަކަށް މަސްކިރުވަން ކިއުގައި - ފޮޓޯ: މަސްވެރިން
ހުވަދޫ އަތޮޅުގެ މަސްދޯނިތަކެއް މާންދޫ ބޯޓަކަށް މަސްކިރުވަން ކިއުގައި - ފޮޓޯ: މަސްވެރިން

ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ލައިސަންސް ނަގަންޖެހޭ ގޮތަށް ގަވާއިދެއް އާއްމުކޮށްފި

ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު ލައިސަންސް ނަގަންޖެހޭ ގޮތަށް ގަވާއިދެއް އާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއްޔެ ގެޒެޓްކޮށްފައިވާ މި ގަވާއިދަށް ކިޔަނީ "ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު"އެވެ.

މި ގަވާއިދުގައި ވާގޮތުން، ކަނޑުމަހުގެ މަސްވެރިކަމުގައްޔާއި ކަނޑުމަހުގެ މަސްވެރިކަމުގެ ހަރަކާތްތެރިވަމުންދާ ފަރާތްތަކުން، މަސްވެރިކަމާއި ޕްރޮސެސް ކުރުމުގައި ހަރަކާތްތެރި ވާން ވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކޮށްފައިވާ ޞައްޙަ ލައިސަންސެއް އޮވެގެންނެވެ.

އެގޮތުން، ވިޔަފާރި ބޭނުމަށް، މި ގަވާއިދުގެ ދާއިރާގައި ހިމެނޭ މަސްވެރިކަން ކުރާ ހުރިހާ އުޅަނދުފަހަރާއި ވިޔަފާރީގެ ބޭނުމަށް ކަނޑުމަސް ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއި ތަންތަނުގައި ލައިސަންސް އޮންނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

މި ގަވާއިދުގެ ދަށުން، ލައިސަންސް ނެގުން އިސްތިސްނާވާ ތިން ބައެއް ވެއެވެ. އެއީ:-

  • އެކްސްޕޯޓަށް އަމާޒު ނުކޮށް، ހަމައެކަނި ރާއްޖޭގެ މާކެޓަށް އަމާޒު ކޮށްގެން އަމިއްލަ ފަރުދުން ހިންގާ މަސް ޕްރޮސެސް ކުރާ ތަންތަނުގެ ތެރެއިން ޑެއިލީ ޕްރޮސެސިން ކެޕޭސިޓީ 200 ކިލޯ އަށްވުރެ ކުޑަވުން
  • ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން
  • ޕްރޮސެސްކޮށްފައިވާ މަހުން އުފެއްދުންތައް އުފައްދާ ފަރާތްތައް

ލައިސަންސް ނެގުމެއް ނެތި، ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރު ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީގެ ގަވާއިދުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!