މަސްވެރިކަމާއި ގުޅޭ

ފ. ބިލައްދޫ ކަޅިރަވަ ދޯނި
ފ. ބިލައްދޫ ކަޅިރަވަ ދޯނި

ކަނޑުމަހުގެ މަސްވެރިކަމުގެ ގަވާއިދުގެ މަގުސަދު

"ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދު"ގެ މަޤްޞަދުގެ ގޮތުގައި ފަސް ކަމެއް ވަނީ ފާހަގަ ކޮށްފައެވެ.

މި ގަވާއިދުގެ ފުރަތަމަ މަގުސަދަކީ، ދިވެހިރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް، ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި، ހިންގައި، ބެހެލެއްޓުމަށްޓުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ.

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނުގައިވާ ކަންކަން ތަންފީޒު ކުރުމަކީވެސް މި ގަވާއިދުގެ މަގުސަދެކެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒު ކުރުމާއި މުރާޖަޢާ ކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުމަށް ކޮމެޓީއެއް އެކުލަވައިލުމާއި، އެ ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި އެ ކޮމިޓީ ހިންގުމާ ބެހޭ ކަންކަން ބަޔާންކުރުމަކީ، މި ގަވާއިދުގެ އެއް މަގުސަދެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގެ ތިންވަނަ މަގުސަދަކީ، ކަނޑުމަހުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ކަންކަން ކަނޑައެޅުމެވެ.

މީގެ އިތުރުން މި ގަވާއިދުގެ މަގްސަދެއް ކަމުގައި ވަނީ، ކަނޑުމަހުގެ މަސްވެރިކަން މޮނިޓަރކޮށް، ކޮންޓްރޯލްކޮށް، ސަރވޭލަންސްއާ ގުޅޭ ފިޔަވަޅުޔައް ބަޔާންކުރުމެވެ.

މި ގަވާއިދު ހިނގާނެ ދާއިރާތަކުގެ ގޮތުގައި މިނިސްޓްރީން ބަޔާންކޮށްފައި ވަނީ، ކަނޑުމަހުގެ ބާވަތްތަކާއި އެ ބާވަތްތަކަށް އަމާޒުކޮށްގެން ކުރާ ދޮށީ މަސްވެރިކަމާއި، އަތުނަނުގެ މަސްވެރިކަމާއި ވަދު ނަނުގެ މަސްވެރިކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!