މަސްވެރިކަމާއި ގުޅޭ

ބޯކޮށް ވާރޭ ވެހުނު ދުވަހަކު މާލޭގެ މަގުމަތި -- ފޮޓޯ/ ޕީއެސްއެމް ނިއުސް
ބޯކޮށް ވާރޭ ވެހުނު ދުވަހަކު މާލޭގެ މަގުމަތި -- ފޮޓޯ/ ޕީއެސްއެމް ނިއުސް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

ވައިޓް އެލަރޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދަށެވެ.

މެޓް އޮފީހުން ބުނީ، މިއަދު އިރުއޮއްސުމާ ހަމަޔަށް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހއ އަތޮޅުން ފެށިގެން ދ އަތޮޅާ ދެމެދަށް މިއަދު މެޓުން ހުދު ސަމާލު ނެރެފައި ވަނީ ވައި ބާރުގެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!