މަސްވެރިކަމާއި ގުޅޭ

ގެމަނަފުށީ މަސްވެރިން ލޭބަރ ރިލޭޝަން އޮތޯރިޓީގެ އިސް ވެރިންނާ ބައްދަލު ކުރަނީ -- ފޮޓޯ/ މުހައްމަދު އިބްރާހީމް
ގެމަނަފުށީ މަސްވެރިން ލޭބަރ ރިލޭޝަން އޮތޯރިޓީގެ އިސް ވެރިންނާ ބައްދަލު ކުރަނީ -- ފޮޓޯ/ މުހައްމަދު އިބްރާހީމް

މަސްވެރިކަމުގައި ބިދޭސީން ގެންގުޅުން ލިމިޓް ކުރުމުން ދިމާވާނެ ދަތިތަކާމެދު ގެމަނަފުށީ މަސްވެރިން، ލޭބާ ރިލޭޝަންސްއާ މަޝްވަރާކޮށްފި

މަސްވެރިކަމުގައި ބިދޭސީން ގެންގުޅުން ލިމިޓް ކުރުމުން ދިމާވާނެ ދަތިތަކާމެދު ގެމަނަފުށީ މަސްވެރިން، ލޭބާ ރިލޭޝަންސްއާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި މަސްވެރިއެއް ކަމުގައިވާ މުހައްމަދު އިބްރާހީމް މި ނޫހަށް މައުލޫމާތު ދެމުން ބުނ،ީ މަސްވެރިން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، މަސް ދޯނިފަހަރުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދު ކޮށްފިނަމަ ދިމާވާނެ ދަތިތަކާ ގުޅޭގޮތުން ކަމަށެވެ.

މަސް ކައްކާ ހިއްކާ ޕްރޮސެސް ކުރުމުގައިވެސް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާކަން ފާހަގަކޮށް މުހައްމަދު ބުނީ، މަސް ބޭނުމުގައި އެ އަދަދު މަދު ކުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ބައެއް ދޯނިފަހަރުގައި ހައެއްކަ ބިދޭސީން ގެންގުޅޭއިރުވެސް ދޯނި ނުދުއްވޭ ކަމަށެވެ.

ގެމަނަފުށީ މަސްވެރިން ލޭބަރ ރިލޭޝަން އޮތޯރިޓީގެ އިސް ވެރިންނާ ބައްދަލު ކުރަނީ -- ފޮޓޯ/ މުހައްމަދު އިބްރާހީމް

"މަސްވެރިންގެ އެދުމަކީ، ލޭބަރ ރިލޭޝަންސް އޮތޯރީގެ ބޭފުޅުންވެސް، ފިޝަރީޒް މިނިސްޓްރީއާމި ވާހަކަތައް ހިއްސާކޮށް، މި ނޫން އެހެން ފަސޭހަ ގޮތެއް މިކަމަށް ވޭތޯ ބެއްލެވުނ،" މުހައްމަދު ކިޔައިދިނެވެ.

މުހައްމަދު ބުނީ، ގަވާއިދުގެ ތެރެއިން ބިދޭސީން ގެންގުޅެވޭ ގޮތް ހެދުމަކީ މަސްވެރިންގެވެސް އެދުމެއް ކަމަށާއި ދޯނިފަހަރުގައި މިހާރު ގިނައިން ހަރަކާތްތެރި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

މަސްވެރިންގެ މި ކަންބޮޑުވުންތައް އަޑުއަހައި، މަސްވެރިންނަށް ހުރި ގޮންޖެހުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާނެ ކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!