މަސްވެރިކަމާއި ގުޅޭ

ގާސިމް އިބްރާހީމް -- ފޮޓޯ؟ މިހާރު
ގާސިމް އިބްރާހީމް -- ފޮޓޯ؟ މިހާރު

މަސްވެރިކަން ކުރިއަރުވަން ސަރުކާރުން މަސައްކަތެއް ނުކުރޭ: ގާސިމް

ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި އެ ސިނާއަތަށް ސަރުކާރުން ކުރަނީ ޖެއްސުން ކަމަށް ވިދާޅުވެ،  ގާސިމް އިބްރާހިމް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ގާސިމަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، ޖުމްހޫރީ ޕާޓީގެ ލީޑަރެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރިސޯޓު ހަދަން 99 އަހަރަށް ރަށްތައް ދޫކުރަން ސަރުކާރުން ނިންމީ އެކި ފަރާތްތަކުގެ ފިއްތުންތަކާ ހެދި ކަމަށާއި ޓޫރިޒަމް ދާއިރާ އަށް ވަތް އަމިއްލަ ފަރާތްތަކުގެ މަސައްކަތް ސަރުކާރަށް ނުހުއްޓުވުނީ "ގޮތް ހެދެން ނެތްވަރުގެ ބޮޑެތި މީހުން" އެ ސިނާއަތަށް އިންވެސްޓް ކުރުމުން ކަމަށެވެ.

މަސްވެރިކަން ކުރުމަށްޓަކައި ގާސިމް ނަންގަވާފައިވާ ށ. ކީކިމިނި އާއި ގދ. ހޯޑެއްދޫ ފެކްޓަރީގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި ގާސިމް ވިދާޅުވީ، އެ ދެ ރަށުގެ އޮޕަރޭޝަން އަލުން ފެށޭނީ ސަރުކާރުން އެހީތެރިކަން ދީގެން ކަމަށެވެ.

"ހޯޑެއްދު އާއި ކީކިމިނި [މަސްވެރިކަމުގެ މަސައްކަތް] އަޅުގަނޑުމެން މި ތިބީ ފަށަން. ސަރުކާރުން ދެއްވާ އަޅުގަނޑުމެންނަށް ލާރި. ނޫނީ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ހަމަ މިފްކޯއެކޭ އެއްގޮތަށް. ދުއިސައްތަ މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ އަޅުގަނޑުމެން [މަސްވެރިކަމަށް] ހަރަދު ކޮށްފައި ހުރި ވަރު،" ގާސިމް ވިދާޅުވިއެވެ.

މިފްކޯއެކޭ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަން ތިބި އަމިއްލަ ފަރާތްތަކަށް ވެސްސަރުކާރުން ބަލަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބުރުމާގެ އަމިއްލަ އެދުމުގެ ސަބަބުން ކޮންމެ ސަރުކާރަކަށްވެސް ދަނީ ބޮޑެތި މުބާރާތައް ކުރިމަތިވެ ޤައުމުގެ މާލީރިޒާވްވެސް ހަލާކުވަމުން މާތްކަލާކޯ އެ އެދުން ބޮޑު ބުރުމާގެ ކިބައިން މިޤައު ރައްކާތެރިކޮށްދެއްވާނދޭވެ.امين باربل عالمين امين

Comments are closed.