މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ ފިޝަރީޒް
ކޫއްޑޫ ފިޝަރީޒް

30 ޓަނު މަސްބޭނި ވައިކިންގް ދޯނިން މަސް ނުކިރިގެން 'ދެކޮޅަށް ދުއްވަނީ'

ގާތްގަނޑަކަށް 30 ޓަނު މަސް ބާނައިގެން، ނުކިރި ލަސްތާވީ، ގދ. ފަރެސްމާތޮޑާ "ވައިކިންގް" ދޯނިން، އައިސް އެޅުމަށާއި މަސް ކިރުމަށް އެކި ރަށްރަށަށް ދުއްވަން ފަށައިފިއެވެ.

"ރަންކޮޅާ، އަޅުގަނޑުމެން މިދަނީ މަސް ބާނައިގެން، 30 ވަރަކަށް ޓަނު މަސް އެބަހުރި" ވައިކިންގް ދޯނީގެ މަސްވެރިއެއް ކަނޑުމަތީގައި ހުރެ ވާހަކަ ދައްކަމުން ބުންނެވެ.

މަސް ނުކިރި ލަސްވުމާއި އައިސް ލިބުން ދަތި ވުމަކީ މިފަހުން މަސްވެރިން އަބަދު ކުރާ ޝަކުވާއެވެ.

މަސް ނުކިރި ލަސްވާއިރު އައިސް ލިބުން ވެސް ދަތިވާތީ މަސްވެރިންގެ ފާޑުކިޔުން ސަރުކާރަށް

 

"އަޅުގަނޑުމެންވެސް އިއްޔެގަ ބޭނި މަސްކޮޅެއް ހިފައިގެން ކާޑެއްދޫ ކަނޑުން ގޮއްސަ، ފިޔޯރީން އައިސް އަޅައިގެން އަނެއްކަ ކޫއްޑޫއިން ނަންބަރު ނަގައިގެން، އަނެއްކަ ތިނަދުއަށް ގޮއްސަ، އަނެއްކަ ތިނަދޫން އައިސް ނަގައިގެން މި ދަނީ މަސް ކިރަން ކޫއްޑޫއަށް" ކެޔޮޅު ބުންޏެވެ.

ވައިކިންގް ދޯނީގެ މަސްވެރިއަކު ބުނި ގޮތުގައި، މަސް ނުކިރި މިއީ ދެވަނަ ދުވަހެވެ. ކިއު ތަރުތީބުން ކިރާތީ މަސް ކިރުން ލަސްވަނީ ކަމަށާއި އަދި ނަންބަރު ނުޖެހެނީ ކަމަށް ކެޔޮޅު ބުންޏެވެ.

ކެޔޮޅު ބުނީ، ގެމަނަފުއްޓަށް ގޮސްވެސް އައިސް ނުލިބުނު ކަމަށާއި، އެއްވެސް ތަނަކުން އައިސް ނުލިބިގެން ގޮސް ތިނަދޫން އައިސް އެޅީ ކަމަށެވެ.

"ނުލިބެނީ އެމީހުނަށް [އައިސް] ނެހެދިގެން. ފަރުވާ ކުޑަ ކަމުން ނަހަދަނީ، ނުދެނީ. ސަރުކާރު ނާގާބިލު ކަމުން. ދެން ކީކޭ ބުނާނީ،" ކެޔޮޅު ނުުރުހުން ފާޅުކުރިއެވެ.

ކިއު ނަންބަރު ކައިރިވެފައި ވާނީ މިހާރު ދޯނީގެ މިސްރާބު ހުރީ ކޫއްޑޫއާ ދިމާއަށެވެ.

ކެޔޮޅު ބުނީ، މަސް ކިރޭތޯ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލަން ވަރަށް ބޭނުން ކަމަށެވެ. އަދި މަސްވެރިން ބިކަލާހު ޖައްސާފައި، ފަރެސްމާތޮޑާގަ މަސްވެރިންގެ ދުވަސް ފާހަގަ ކުރި ނަމަވެސް މަސްވެރިންގެ އެބާރުލުން ނުލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކޮންމ ސަރުކާރަކުންވެސ ލޯނުނަް ބުރިޖުއަޅަނ ކޮންމެ އަހަު ވެސ މަސްވް ރަނގުު ވ ދުވަސްު މަސްވެފް އުޅީ މިހާލެއްި

Comments are closed.