މަސްވެރިކަމާއި ގުޅޭ

viber_image_2022-09-21_20-00-26-745

މަސް ބޭނުމުގައި ހަރަކާތްތެރި ވަމުން ދަނިކޮށް، ގެމަނަފުށީ މަސްވެރިއަކު ނިޔާވެއްޖެ

މަސް ބޭނުމުގައި ހަރަކާތްތެރި ވަމުންދިޔަ ގއ. ގެމަނަފުށީ މަސްވެރިއަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ގއ. ގެމަނަފުށީ، ނިއުލައިން، މުހައްމަދު ވަސީމް، 53، އެވެ. އޭނާ މަސްވެރިކަން ކުރަމުން ދިޔައީ، އެރަށު "ދޮންދީދި" ދޯނީގައެވެ.

ގެމަނަފުށިން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ، އެ ހާދިސާ ހިނގީ، އެ އަތޮޅު ކޮލަމާފުއްޓާ ދިމާ ބޭރުގައި އޮވެ ދޮންދީދި ދޯނިން، އެއް އައިނުން މަސް ބޭނުމަށްފަހު އަނެއް އައިނާ ދިމާއަށް ދިއުމަށް މިސްރާބު ޖެހި ވަގުތުކަމަށެވެ.

"ދޯނީގެ ފަހަތުގަ ދޮށި ހިފައިގެން ހުރެފަ، އޭނަ ކުއްލިއަކަށް ވެއްޓޭގޮތް ވީ. ވެއްޓޭގޮތްވީމަ ފަޅުވެރިން އޭނަ ގައިގަ ހިފައްޓާފަ، އޭނަ ގޮވައިގެން ގޮސް ބާއްވައިފި. އޭރު މެޔަށް ތަދެއް އަރައިގެން ނޭވާ ނުލެވިގެން އުޅުނީ. އެ އޮތްގޮތަށް އޮވެ ނިޔާވީ،" ގެމަނަފުށިން މައުލޫމާތު ދިން މީހާ ބުންޏެވެ.

ވަސީމް ނިޔާވުމުގެ ކުރިން، ދޯނީގައި ތިބި ފަޅުވެރިން އޭނާއަށް ސީޕީއާރްދީ ހެދިކަމަށް ގެމަނަފުށިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަސީމްގެ އެއްވެސް ސިއްހީ މައްސަލައެއް ނޫޅެއެވެ. އޭނާ އުޅެނީވެސް ވަރަށް އެކްޓިވް ކޮށް ކަމަށް އޭނާ ދަންނަ މީހުން ބުނެއެވެ.

އެމްއެންޑީއެފްގެ އެހީއާއެކު މިހާރު ވަނީ ވަސީމްގެ ހަށިގަނޑު ގެމަނަފުއްޓަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!