މަސްވެރިކަމާއި ގުޅޭ

viber_image_2022-09-22_13-48-50-703

މަސް ނުގަނެވުމުގެ މައްސަލަ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރާ ހަމައެކަނި ސަރުކާރަކީ ރައީސް ޞާލިޙުގެ ސަރުކާރު: މިނިސްޓަރު

މަސް ނުގަނެވުމުގެ މައްސަލަ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރާ ހަމައެކަނި ސަރުކާރަކީ ރައީސް ޞާލިޙުގެ ސަރުކާރު ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަސް ކިރުމަށް ދަތިވުމަކީ އަބަދުވެސް ކުރިމަތިވާ މައްސަލައެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެކަށީގެންވާ އިންވެސްޓްމަންޓެއް ނުވަތަ އެކަށީގެންވާ ހައްލެއް ހޯދިފައެއް އަދިއެއް ނެތް. މަސް ނުގަނެވުމުގެ މައްސަލަ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރާ ހަމައެކަނި ސަރުކާރަކީ ރައީސް ޞާލިޙުގެ ސަރުކާރު،" މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރި މޫސުމުގައި މަސް ކިރުމަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫތައް، މިއަދު މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ކިޔައިދެއްވިއެވެ.

"ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ލޯނުގެ ދަށުން، ކޫއްޑޫގައި 4000 ޓަނު، ގދ. ތިނަދޫގައި 1000 ޓަނު، މ. މުލަކުގައި 500 ޓަނުގެ ކޯލްޑު ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުންނާއި، އިންޑިއަން އެގްޒިމް ބޭންކުގެ އެހީގައި ފެލިވަރުގައި 4000 ޓަނުގެ ކޯލްޑު ސްޓޯރޭޖާއި ދުވާލަކު 100 ޓަނުގެ ކޭނަރީ ގާއިމްކުރުމުން މަސް ނުގަނެވުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!