މަސްވެރިކަމާއި ގުޅޭ

ފިޝަރިޒް  މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް
ފިޝަރިޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް

މަޖިލީހުގައި މިނިސްޓަރ ހެއްދެވީ އިތުރުފުޅެއް، ކަންނެލީގެ އެންމެ ދަށް އަގެއް ކަނޑައެޅުމަށް މަޝްވަރާތައް ނުކުރާތާ މިހާރު އެތައް ދުވަހެއް:ބީކޭއެމްޔޫ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފިސަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހެއްދެވީ އިތުރުފުޅެއް ކަމަށާއި ކަންނެލީގެ އެންމެ ދަށް އަގެއް ކަނޑައެޅުމަށް މަޝްވަރާތައް ނުކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.

ބީކޭއެމްޔޫއިން މިފަދައިން ބުނެފައި ވަނީ، 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް އަމާޒުކޮށެވެ. ބީކޭއެމްޔޫއިން ބުނީ 30 ކިލޯއިންމަތި 100 ރުފިޔާއަށް އަދި30 ކިލޯއިން ދަށް 80 ރުފިޔާއަށް ހުށަހެޅިން ކަމަށެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޮޑު ކަންނެލި ވިއްކާ، ބާނާ މަސްވެރިން ތަމްސީލު ކުރާ ޖަމިއްޔާއާއި އަދި ބޮޑު ކަންނެލި ގަންނަ ކުންފުނިތައް ހިމެނޭ ޖަމިއްޔާއާއެކު ވާހަކަ ދައްކަމުން ގޮސް، އެ ދެފަރާތުން ހުށަހަޅާ އަގުތަކެއް ގެންނަން ދެންނެވިން ކަމަށެވެ.

"އެ ދެފަރާތުން ހުށަހެޅުއްވީ ވަރަށް ތަފާތު ދެ އަގެއް އިނގޭތޯ، މި ފްލޯޕްރައިޒް އެއް ކަނޑައެޅުމަށްޓަކާ. އެހެންވީމަ އޭގެ ފަހުން އަޅުގަނޑުމެން ދަންނަވާފަވެއްޖެ އެ ބޭފުޅުންގެ އަރުހުގަ، ތި ދެޕާޓީ މަސްވަރާ ކޮށްގެން އަޅުގަނޑުމެންނަށް މީގެ ދެމެދު އަގެއް ގެނެސްދެއްވުން އެދެމޭ. އޭގެ ފަހުން އެކަހަލަ ކަމެއް ނުހިނގާ މި ދިޔައީ މިހާތަނަށް. މަސް ގަތުމުގެ މައްސަލައެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވުނު. އެކަމަކު މިހާރު އަނެއްކާ މަސް ބާނާ ދޯނިތައް ތަމްސީލު ކުރާ ޖަމިއްޔާއިން އަޅުގަނޑުމެންނާ މަޝްވަރާ ކުރޭ، މި ފްލޯޕްރައިޒް ކަނޑައެޅުމުގެ ކަންތަކުގަ،" މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރި މޫސުން ފެށި، މަސްވެރިން ތިޔާގިވުމާއެކު ބޮޑުކަންނެލީގެ އަގުވެސް ވަނި ދަށަށް ގޮސްފައެވެ.

މަސްވެރިކަން ތިޔާގިވާން ފެށުމުން، ބޮޑު ކަންނެލީގެ އަގުވެސް ދުވަހެއް ދުވަހަކަށް ދަށަށް!

ބީކޭއެމްޔޫއިން ބުނީ، މަސްވެރި މޫސުން ފެށި، މަސްވެރިކަން ތިޔާގިވާން ފެށުމުން ކަންނެލީގެ އަގުތައް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށާއި މިއީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލާކަމުގެ ސާފު ހެއްކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!