މަސްވެރިކަމާއި ގުޅޭ

ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ
ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ

މަސްވެރިކަން ތިޔާގިވާން ފެށުމުން، ބޮޑު ކަންނެލީގެ އަގުވެސް ދުވަހެއް ދުވަހަކަށް ދަށަށް!

މަސްވެރިކަން ތިޔާގިވާން ފެށުމުން، ކަނޑުމަހެކޭ އެއްގޮތަށް ބޮޑު ކަންނެލީގެ އަގުވެސް ދަށަށް ދާން ފަށައިފިއެވެ.

ކުންފުނިތަކުން ކަންނެލި ގަންނަ އަގުތައް ހިއްސާކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ވަނީ، އަގުތައް ދުވަހެއް ދުވަހަކަށް ދަށަށް ދާތި އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބީކޭއެމްޔޫއިން ބުނީ، މަސްވެރި މޫސުން ފެށި، މަސްވެރިކަން ތިޔާގިވާން ފެށުމުން ކަންނެލީގެ އަގުތައް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށާއި މިއީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލާކަމުގެ ސާފު ހެއްކެއް ކަމަށެވެ.

ކަންނެލީގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާއިރު، 30 ކިލޯއިން މަތީގެ ކަންނެލި ގަންނަނީ، ކިލޯއެއް 85 ރުފިޔާގެ ރޭޓުންނެވެ. އަދި 30 ކިލޯއިން ދަށް ނަމަ، ކިލޯއެއް 65 ރުފިޔާގެ ރޭޓުންނެވެ.

އިއްޔެ އަގުތައް އުޅުނީ، 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 90 ރުފިޔާއަށް އަދި 30 ކިލޯއިން ދަށުގެ ކިލޯއެއް 75 ރުފިޔާއަށެވެ. ނަމަވެސް މީގެ ތިންދުވަސް ކުރިން 30 ކިލޯއިން މަތި 100 ރުފިޔާއަށް ހުއްޓެވެ. އަދި މި މަސް ފެށުނު އިރު ކިލޯ ހުރީ 110 ރުފިޔާއަށެވެ.

ބޮޑު ކަންނެއްޔެކޭ އެއްގޮތަށް ކަނޑުމަސް ގަންނަ އަގުވެސް ދަށްކުރާނެކަމަށް އިއުލާނު ކޮށްފައި ވަނީ މިއަދުއެވެ.

މާންދޫއިން ދޯންޏަކަށް މަސް ކިރާ ވަރު ލިމިޓް ކޮށް، އަގު ދަށްކޮށްފި

އެގޮތުން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްކޮމްޕްލެކްސް އިން މަހުގެ އަގު ދަށްކޮށް، މަސް ކިރާވަރު ކޮންޓްރޯލް ކުރިކަމަށް މިއަދު ވަނީ އިއުލާނު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!