މަސްވެރިކަމާއި ގުޅޭ

މަސް ބޭނި، އައްޑޫގޭ ނަސީމު މަސް ކައިރީ ހުއްޓިލައިގެން -- ފޮޓޯ/ ކިޔުންތެރިއެއް
މަސް ބޭނި، އައްޑޫގޭ ނަސީމު މަސް ކައިރީ ހުއްޓިލައިގެން -- ފޮޓޯ/ ކިޔުންތެރިއެއް

ހިތަދޫ މަސްވެރިއަކު، ނެރު ކައިރިން 108 ކިލޯގެ ފާނައެއް ބާނައިފި

އައްޑޫސިޓީ މަރަދޫ ނެރު ކައިރިން، ހިތަދޫ މަސްވެރިއަކު 108 ކިލޯގެ ފާނައެއް ބާނައިފިއެވެ.

މިއަދު ހަވީރު ފާނަ ބޭނި ސަރަހައްދުގައި ހުރި މަސްވެރިއަކު މި ނޫހަށް ބުނީ، އެވަރުގެ ބޮޑު ފާނަ އެހިސާބުގައި އުޅޭ ކަމަށާއި ނަމަވެސް މީގެ ކުރިން ބޭނިފައި ނުވާ ކަމަށެވެ.

އައްޑޫގަ ހުންނާނެ މަސް ފެކްޓްރީއެއް. އެ މަސް ފެކްޓްރީއިން އާއްމުކޮށް (މަހުގެ) ބޯ އަޅާލާނީ އެތާ ބޭރަށް. އެ ސަރަހައްދުން އާއްމުކޮށް ފެންނަ އެއްޗެއް މީ (ފާނަ)އަކީ. ދެން އެއްވެސް މީހަކަށް މީތި ނުބޭނިގެން، ވަރަށް މަސައްކަތް ކޮށްފަ ހުރި އެއްޗެއް އެއީ، ދެން އެމީހުންގެ ނަސީބުން އެ ބޭނުނީ،" މަސްވެރިޔާ ބުންޏެވެ.

އައްޑޫސިޓީގައި ބޭނި 108 ކިލޯގެ ފާނަ -- ފޮޓޯ/ ކިޔުންތެރިއެއް

އެ ފާނަ ބޭނުނީ، މަހަށް ދިޔަ ފަސް މީހުންގެ ގުރޫޕަކަށެވެ.

"ފަސް މީހުން ދިޔައީ. އެތަނުން އައްޑޫގޭ ނަސީމު އަތުގަ އޭތި ގަތީ. ގަނެގެން އެންމެންވެގެންތާ އޭތި އަރުވާނީ،" މަސްވެރިޔާ ބުންޏެވެ.

ނަސީމްއާއެކު މަހަށް ދިޔައީ ޝިޔާޒުއާއި ސިނާން އަދި ސިހާންގެ އިތުރުން އަލީއެވެ.

މަސްވެރިޔާ ބުނީ، މިހާރު އެރަށު ރެސްޓޯރެންޓަކުން އެ ފާނަ ގަނެފައިވާ ކަމަށެވެ. އަދި އޭގެ އަގަށްވާ، ދެހާހެއްހާ ރުފިޔާ، މަސް ބޭނި ފަރާތަށް ދީފައިވާ ކަމަށެވެ.

ފާނައިގައި 71 އިންޗި ހުރިއިރު، ބަރުދަނަކީ 108 ކިލޯއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!