މަސްވެރިކަމާއި ގުޅޭ

ރޯޔަލް ޓާޓަލް
ރޯޔަލް ޓާޓަލް

ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ވެލައެއް ކެމްބޯޑިއާއިން ފެނިއްޖެ

ދުނިޔެއިން ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ރޯޔަލް ޓާޓަލްއެއް ބޮޑެތި އަނިޔާތަކަކާއެކު ފެނިއްޖެއެވެ. މި ވެލާ ފެނިފައިވަނީ ކެމްބޯޑިއާގެ ކޯރަކުން، މަސްވެރިންތަކަކަށެވެ.

ވެލާ ފެނުނުއިރު އޭގެ ބުރަކަށިމަތިން ބޮޑު ތަނެއް ކަފައިގެންގޮސްފައި ހުއްޓެވެ. މި ވެލައަށް މިހާރު ދަ ވައިލްޑްލައިފް ކޮންޒަރވޭޝަން ސޮސައިޓީގައި ފަރުވާދެމުންދާއިރު، ލިބިފައިވާ އަނިޔާއަކީ ބޯޓެއްގެ ބުރަފަތީގައި ނޫނީ ވެލި ނަގާ ބޯޓެއްގައި ޖެހިގެން ލިބިފައިވާ އަނިއެއް ކަމަށް އެ ސޮސައިޓީއިން ލަފާކުރެއެވެ.

މި ވެލާއަކީ ރޯޔަލް ޓާޓަލް ކޮންސަވޭޝަން ޕްރޮޖެކްޓުގެ ދަށުން، މި ބާވަތުގެ ވެލާގެ އާބާދީ އިތުުރުކުރުމަށް، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެ ކޯރަށް ދޫކޮށްފައިވާ ވެލައެކެވެ.

 

ލިބިފައިވަނީ ބޮޑު އަނިޔާއަކަށް ވީ ނަމަވެސް، ގިނަ ދުވަސްވެފައިވުމުން އަމިއްލައަށް ފާރުގަނޑު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ބަރުދަނުގައި 14.9 ކިލޯހުރި މި ވެލާ އެއްކޮށް ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވައިލްޑު ލައިފް ސޮސައިޓީއިން ހާމަކުރެއެވެ.

ރޯޔަލް ޓާޓަލްތައް ދުނިޔެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެ، ކެމްބޯޑިއާއިން މި ބާވަތުގެ ވެލާގެ އާބާދީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެތެރެއިން މި ބާވަތްތައް ބަލެހެއްޓުމަށްވަނީ ކޮންޒަވޭޝަން ސެންޓަރެއްވެސް ޤާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!