މަސްވެރިކަމާއި ގުޅޭ

ދެ ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލު ކުރުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ދެ ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލު ކުރުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ފިޔޯރީއާއި މަޑަވެލީގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި

ގދ. ފިޔޯރީއާއި ގދ. މަޑަވެލީގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން، މި ދެ ރަށުގައި އައިސްޕްލާންޓް އަޅަން ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.
ދެ ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީން ބުނީ، ރާއްޖޭގެ 2 ރަށެއްގައި 25 ޓަނުގެ 2 އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފެނަކައާ ޙަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވާކަމަށެވެ.
"މިގޮތުން އައިސްޕްލާންޓް ގާއިމް ކުރުމަށް ނިންމާފައިވަނީ ގދ. ފިޔޯރި އަދި ގދ. މަޑަވެލި، މި 2 ރަށުގައި" މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!