މަސްވެރިކަމާއި ގުޅޭ

FZFSCfHWAAICBN7

މިޔަރު މަސް ކެއުމުގެ ސަބަބުން ޗައިނާގެ އިންފުލުއެންޒަރަކަށް 18500 ޑޮލަރުގެ ޖޫރިމަނާއެއް

ޗައިނާގެ ސޯޝަލް މީޑިއާ އިންފްލުއެންޒަރެއް މިޔަރު މަސް ކެއުމުގެ ސަބަބުން 18500 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެއެވެ.

ޗައިނާގެ ފުޑް ވޮލޮގަރއެއް ކަމުގައިވާ، ޓިޒީ އަކީ ތަފާތު އެކި ކަހަލަ ކެއުންތައް ތައްޔާރުކުރާ ގޮތް ކިޔާދޭ މީހެކެވެ. އެގޮތުން އޭނާވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހު ކުޑަ މިޔަރެއްގެ މަސް ބޭނުންކޮށްގެން ތަފާތު ކެއުންތައް ހަދާތަން ލައިވް ސްޓްރީމްކޮށްފައެވެ. އަދި ޓިޒީ ވަނީ އޭނާ ތައްޔާރުކުރި ކެއުން އަމިއްލައަށް ކާ ވީޑިއޯވެސް އާއްމުންނާއި ހިއްސާކޮށްފައެވެ.

ޓިޒީ ކެއުން ތައްޔާރުކުރުމުގެ ކުރިން ވަނީ މިޔަރާއި އެކު ފޮޓޯއެއްވެސް ނަގާފައެވެ. ދިގުމިނުގައި 2 މީޓަރު ހުރި މި މިޔަރުގެ ބަރުދަނުގައި 50 ކިލޯ ހުއްޓެވެ.

ގިނަ ބައެއްގެ ސަމާލުކަމަށް އޭނާގެ މި ވީޑިއޯ އައިސް، ކަމާއި ގުޅޭ ވުޒާރާތަކުން ވަނީ އޭނާގެ މައްސަލަ ތަހުޤީގުކޮށްފައެވެ. ޓިޒީ ބުނަމުން ދިޔައީ އޭނާ ވީޑިއޯގައި ކެއުމަށް ބޭނުންކޮށްފައިވަނީ ހޫކް - ޓޫތު ޝާކެއް ކަމަށެވެ. އެހެން ނަމަވެސް މިއީ ގްރޭޓު ވައިޓު ޝާކެއްކަން ވަނީ ހާމަވެފައެވެ. މިބާވަތުގެ މިޔަރު ހިފުމާއި ކެއުމަކީ ޗައިނާގައި މަނާ ކަމެކެވެ.

ފުލުހުންވަނީ ޓިޒީ މި މިޔަރު ހޯދި ގޮތެއް ބެލުމަށްވެސް ތަހުޤީގެއް ކުރިއަށްގެންގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!