މަސްވެރިކަމާއި ގުޅޭ

Guage

އޮޑިދޯނި ފަހަރުގެ އިންޖީނު ރޫމުތަކަށް ހާއްސަ އަލިފާން ނިއްވާ ސިސްޓަމެއް ގޭޖުން ތައާރަފްކޮށްފި

ހުޅުމާލޭގައި ކުރިއަށްދިޔަ މޯލްޑިވްސް މެރިން އެކްސްޕޯގައި އޮޑިދޯނިފަހަރުގެ އިންޖީނުރޫމުގެ އަލިފާން ނިއްވުމަށް ހާއްސަ ޕްރޮޑަކްޓެއް ކަމަށްވާ ދުނިޔެއަށް މަސްހޫރު ފަޔަރ ޕްރޯ ގޭޖް ފަޔަރ ސޭފްޓީއިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ފަޔަރ ޕްރޯ އަކީ ޔޫރަޕްގެ ގައުމެއްކަމަށްވާ ސައިޕްރަސްގެ އުފެއްދުމެކެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަގައުމުތަކުގެ އިތުބާރު ލިބިފައިވާ މޮޅު އުފެއްދުމެކެވެ. އަދި ރާއްޖެގެނެސް އެމްއެންޑީއެފްގެ އެޕްރޫވަލް ހޯދައިފައިވާ ޕްރޮޑަކްޓްއެކެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން ގޭޖް ގެ މެނޭޖިން ޑިރެކްޓަރ އަމީރުޝާހް ވިދާޅުވީ ފަޔަރ ޕްރޯއަކީ ކަނޑު ދަތުރު ފަތުރު ކުރާފަރާތްތަކާއި މުދާލާއި އަދި އުޅަދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު އަދި އެހާމެ އެފެކްޓިވް ސިސްޓަމެއް ކަމުގައެވެ. އިތުރަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ މި ސިސްޓަމް ދެގޮތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ. އެއްގޮތަކީ މެނުއަލްކޮށް އެކްޓިވޭޓްވުމެވެ. އަނެއް ގޮތަކީ އޮޓަމެޓިކްކޮށް އެކްޓިވޭޓް ވުމެވެ.

"މެނުއަލްގަ ވާގޮތަކީ ސިސްޓަމް އެކްޓިވޭޓް ވާނީ މީހަކު ސުވިޗަކަށް ފިއްތާލުމުން. އާއްމުގޮތެއްގެ އަލިފާން ނިވާ ފުޅިޔަކުން އަމިއްލަޔަށް އިންޖީނު ރޫމަށް ޖަހަން އުޅޭއިރު ގިނަފަހަރު މިއޮންނަނީ ވަގުތު ފާއިތުވެފައި. އަލިފާންގަނޑު އޮންނަނީ ކޮންޓްރޯލުން ނެއްޓިފަ. މިފަދަ ހިތާމަވެރި ދެހާދިސާއެއް މިއަހަރުވެސް މިހާތަނަށް ހިނަގައިފި" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަމީރު ވިދާޅުވީ އޮޓަމެޓިކް ސިސްޓަމެއް ބޭނުން ކުރުމުން އިންޖީނު ރޫމުގެ ނުވަތަ ހަރުކޮށްފަ ހުންނަ ތަނެއްގެ ހޫނުމިން ކަނޑައަޅާ ވަކި މިންވަރަކަށްވުރެ މަތިވެއްޖެ ނަމަ އެލާމްއެއް އަންނާނެ ކަމަށެވެ. އަދި އެލާމްއަށްފަހު މީހަކު ސިސްޓަމްއާ ނުކުޅަނަސް އަލިފާން ނިއްވުން އެކްޓިވޭޓްވެ އެއްޗަކަށް ގެއްލުން ވުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލްވެ އަލިފާން އެކީ ނިއްވާލަދޭނެ ކަމަށެވެ.

މިސިސްޓަމުން އަލިފާނުގެ އެލާމް އޮޑިވެރިޔާގެ ފޯނަށް ލިބޭގޮތްވެސް ހެދޭނެކަމަށް އަމީރު ވިދާޅުވިއެވެ.

"ގިނަ ފަހަރަށް ހަދިސާއެއް ދިމާވާ އިރު މީހަކަށް ގުޅާލަން ހަނދާ ނުހުރެދާނެ. އެހެންނަމަވެސް، މި ސިސްޓަމްގެ އެހީގައި ވަގުތުން އޮޑިވެރިޔާއަށް ނުވަތަ ކަނޑައަޅާ ވަކި މީހަކަށް އެލާމެއް ވަގުތުން ފޮނުވޭގޮތަށްވެސް ހެދޭނެ".

ފަޔަރ ޕްރޯއަކީ އޮޑިދޯނިފަހަރުގެ އިތުރުން އިލެކްޓްރިކް ޕެނަލްބޯޑް އަދި ގުދަންފަދަ އަދި މިނޫންވެސް މީހުން އާއްމުގޮތެއްގައި ޑިއުޓީގައި ނުތިބޭ ތަންތަނުގައި ބޭނުން ކުރެވިދާނެ ސިސްޓަމެކެވެ. މި ސިސްޓަމުން ފޮނުވާ އޭރޮސޯލް ގޭހަކީ ތިމާވެއްޓާއި ރައްޓެހި އަދި މުދައްލަށް ގެއްލުން ނުލިބޭފަދަ ރެސިޑިއު ހިމަނައިގެން އުފައްދާފައިވާ އިނޮވޭޓިވް އުފެއްދުމެކެވެ.

މިއީ އެއްވެސް ސާރވިސް އެއް ނުކޮށް 15 އަހަރު ބޭނުން ކުރެވޭ ދަބަރު ނުޖަހާ ދުނިޔޭގެ ސަރޓިފިކޭޝަން ބޮޑީސްތަކުގެ އެންމެ ގިނަ ސަރޓިފިކޭޝަން ހޯދާފައިވާ ހަމައެކަނި ޕްރޮޑަކްޓްއެވެ.

މި ސިސްޓަމް އާއި މިނޫންވެސް ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭނެ ތަފާތު އާލަތްތަށް މާލޭގައި ހުޅުވާފައިވާ ގޭޖް ސްޓޯރުން ލިބެން ހުންނާނެ ކަމަށް ގޭޖުން މައުލޫމާތު ދެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ގޭޗް ސްޓޯރ ނަންބަރ 9444055 އަށް ގުޅުއްވުމުން ނުވަތަ ވައިބަރު ކުރުމުން ލިބޭނެ ކަމަށް މައުލޫމާތުދެއެވެ.

މިއަހަރުގެ މިހާތަނަށް މުދާ އުފުލާ ދެ ބޯޓެއްގެ އިންޖީނު ރޫމުގައި ވަނީ ރޯވެފައެވެ. މި ދެފަހަރުވެސް މީހުން ސަލާމަތް ކުރަން ޖެހުނީ ކަނޑުވެފަ ތިއްބައެވެ. އަދި ދޯންޏާއި މުދާވަނީ އަޑިއަށްގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!