މަސްވެރިކަމާއި ގުޅޭ

MMEA2603_1679819795

ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމުން ދިޔަ ވިއެޓްނާމްގެ މަސް ބޯޓުތަކެއް އަތުލައިގަނެފި

މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ވިއެޓްނާމްގެ 4 މަސް ބޯޓެއް އަތުލައިގަނެފިއެވެ.

ކެލަޓާން މެލޭޝިއަން މެރިޓައިމް އެންފޯސްމަންޓު އެޖެންސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވިއެޓްނާމްގެ 4 މަސްބޯޓުން 31 މަސްވެރިންވަނީ ހައްޔަރުކޮށްފައެވެ.

މި ބޯޓުތައް އަތުލައިގަނެފައިވަނީ މިދިޔަ ހޯމަ އަދި ބުދަ ދުވަހުއެވެ.އެގޮތުން އަތުލައިގަތް ފުރަތަމަ އަތުލައިގަނެފައިވާ ބޯޓުންވަނީ 5 މަސްވެރިން ހައްޔަރުކޮށްފައެވެ.

އަދި ދެވަނަ ބޯޓުން ހައްޔަރުކޮށްފައިވަނީ 2 މަސްވެރިންނެވެ.އަދި ތިންވަނަ ބޯޓާއި ހަތަރުވަނަ ބޯޓުން 18 މަސްވެރިންވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ ހުރިހާ މަސްވެރިންގެ އުމުރުފުރާއަކީ 14 އަހަރާއި 64 އަހަރާއި ދެމެދެވެ. އަދި މި އެންމެން އަތުގައިވެސް ލިޔެކިޔުންތައް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

މި ބޯޓުތަކުން 1000 ކިލޯގެ މަސް އަދި 9200 ލީޓަރުގެ ޑީސަލް ހުއްޓެވެ. އަދި މި އެއްޗެހީގެ އަގު 4.2 މިލިއަން ރިންގެޓަށް އަރާކަމަށް މެރިޓައިމް އޮފިޝަލުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!