މަސްވެރިކަމާއި ގުޅޭ

ގދ.ގައްދޫ ރޯޅި ދޯނި
ގދ.ގައްދޫ ރޯޅި ދޯނި

މަސްވެރިޔަކު ދޯނީގެ ވަތަށް ވެއްޓުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެނީ

ދޯނީގެ ވަތަށް ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ޒުވާން މަސްވެރިޔަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ދޯނީގެ މައި ފަލުކާތެރެއަށް ވެއްޓުމާ ގުޅިގެން އޭނާ ހޭނެތިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ ގދ. ގައްދޫ " ރޯޅި" ދޯނީގެ އުމުރުން 33 އަހަރުގެ މަސްވެރިޔަކަށެވެ. މިރޭ 7:30 އެހާކަންހާއިރު އޭނާ ދޯނީގެ ފަލުކާ ތެރެއަށް ވެއްޓިފައިވަނީ ގައްދޫ ބަނދަރުގައި އޮތް ބޯޓަށް މަސްކިރުވާ ނިމުމަށް ފަހު ދޯނީގެ މަސައްކަތުގައި އުޅެނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ. މިހާދިސާ ހިނގުމާ ގުޅިގެން ގައްދޫ ސިއްޚީ މަރުކަޒުން އޭނާއަށް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިރޭ ވަނީ ތިނަދޫ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. މިހާދިސާގައި އޭނާގެ މައިބަދައަށް އަނިޔާވެފައިވާމަށް މަޢުލޫމާތުލިބެއެވެ.

އަނިޔާވި މަސްވެރިޔާ ހޮސްޕިޓަލަށް ގެންދިއުމަށް ފަޅުވެރިން ދޯނީގެ މަސައްކަތް ކުރަނީ

މި ދޯނީގައި މީގެ ކުރިންވެސް ވަނީ ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. މިގޮތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދޯނީގެ ބުރަފަތީގައި ޖެހި މަސްވެރިޔަކު ވަނީ ޒަހަމްވެފައެވެ. އަދި މީގެ ތިން މަސް ކުރިން މި ދޯނިން އެންހިފަން ޑައިވިނަށް ފޭބި އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!