މަސްވެރިކަމާއި ގުޅޭ

0_dramatic-pictur-1002115

ލެއްގި ބޮޑުމަހެއް މަރުވުމުން، ބީޗުން އޭތި ނެގުމަށް ކުރަން ޖެހުނީ ބުރަ މަސައްކަތެއް

އިނގިރޭސިވިލާތުގެ ބީޗަކަށް ލެއްގި ބޮޑު މަހެއް މަރުވުމުން އޭތި އެތަނުން ނެގުމަށް ކުރި މަސައްކަތަށް އައްމުންގެ ބޮޑު ސަމާލުކަމެއްވަނީ ލިބިފައެވެ.

ޔޯކްޝިއާގެ ބީޗަކަށް ލައްގާފައިވަނީ 17 މީޓަރު ދިގު ބަރުދަނުގައި ގާތްގަނޑަކަށް 30 ޓަނު ހުރި ފިން ވޭލްއެކެވެ. މި ބޮޑުމަސް ލެއްގި އިރު މަރެއް ނުވެއެވެ. އެހެންނަމަވެސް ގިނަ އިރުތަކެއްވަންދެން ބީޗުގައި އޮތުމަށްފަހު އޭތި މަރުވީއެވެ. ބޮޑުމަސް ބަލާލުމަށް އެބީޗަށް ގިނަ ބަޔަކު ޖަމާވިއެވެ.

ސައިޒުގެ ގޮތުން އެ ބޮޑުމަސް ބޮޑުވުމުން އޭތި ބީޗުން ނެގުންވެގެންދިޔަ ބުރަ މަސައްކަތަކަށެވެ. އެކަމަށްޓަކައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ބޮޑުމަސް ބީޗުން ނެގުމަށް 8 ގަޑިއިރު ހޭދަވިއެވެ. ކޮންޓްރެކްޓަރުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ފޮޓޯތަކަށްވެސް ސޯޝަލް މީޑިއާގައިވަނީ ބޮޑު ސަލާމުކަމެއް ލިބިފައެވެ.

މިއީ އެ ސަރަހައްދުގެ ބީޗަކަށް ލެއްގި އެންމެ ބޮޑުމަސް ކަމަށްވެސް ޔޯކްޝިއާގެ ކަމާއި ގުޅޭ ވުޒާރާތަކުން މައުލޫމާތުދެއެވެ.

ފިން ވޭލްއަކީ ބޮޑު ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު މަހުގެ ބާވަތެވެ. އެގޮތުން މި ބާވަތުގެ ބޮޑުމަސް 20 މީޓަރާއި ހަމައަށް ބޮޑުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!