މަސްވެރިކަމާއި ގުޅޭ

0_Lancetfish

ކަނޑުގެ ވަރަށް އަޑީގައި އުޅޭ ބާވަތުގެ މަސްތަކެއް ބީޗަކަށް ލެއްގުމުން އެކަން ދިރާސާކުރަން ފަށައިިފި

ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަސްތަކެއް ބީޗަކަށް ލެއްގުމުން އެކަން ދިރާސާ ކުރަން ސައިންވެރިން ފަށައިފިއެވެ.

އެމެރިކާގެ ބީޗަކަށް ލައްގާފައިވަނީ ލޯންގްނޯސް ލާންސެޓް ފިޝްތަކެކެވެ. މިއީ ކަނޑުގެ 3300 ފޫޓު އަޑީގައި އުޅޭ އެހެން މަސްތަކަށް ޝިކާރަކޮށްގެން އުޅޭ މަހެކެވެ.

މި މަހުގެ އަނގައިގައި ތޫނު ދަތްތަކެއް ހުރެއެވެ. މި މަހުގެ ގައިގައި ހުޅުބެއް ނުހުރެއެވެ. ބޮޑު ދެ ލޯ ހުންނައިރު، މަތީ އުރަހަ ފަތްގަނޑު ހުންނަނީ ބޮޑުކޮށެވެ.

ބީޗަށް ލެއްގި ލާންސެޓް ފިޝްތަކުގެތެރެއިން ދިރި އޮތް މަސްވަނީ އަނބުރާ މޫދަށް ދޫކޮށްލާފައެވެ. އަދި މަރުވެފައި ހުރި މަސްތައްވަނީ ދިރާސާކުރުމަށް ގެންގޮސްފައެވެ. މި ދިރާސާއިން އެމަސްތައް އެއްގަމަށް ތިލަވާން މެދުވެރިވި ސަބަބެއް ދެނެގަތުމަށް މަސައްކަތްކުރެވޭނެ ކަމަށް ސައިންވެރިން ބުނެއެވެ.

ނޭޝަނަލް އޯޝަނިކްގެ ބަޔޮލޮޖިސްޓެއް ލަފާކުރާގޮތުގައި މިމަސްތައް އެގަމަށް އައިސްފައިވަނީ ތޫފާންގެ ކޮޅިގަނޑަކާއި އެކުއެވެ. އަދި އެމަސްތައް މަރުވާން ދިމާވެފައިވަނީ ފެނުގެ މަތީ ފަށަލައިގެ ފިނިހޫނުމިން ތަފާތުވުމުން ލިބުނު ޝޮކްއަކާއި އެކު ކަމަށެވެ.

ބީޗުން މިފަދަ އިތުރު މަސްތަކެއް ފެނުމުގެ ފުރުސަތު އޮތުމާއި އެކު ކަމާއި ގުޅޭ ވުޒާރާތަކުންވަނީ އެކަން ރިޕޯޓުކުރުމަށް އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!