މަސްވެރިކަމާއި ގުޅޭ

26TURTLES-jumbo

އަންހެން ވެލާ މަރުވެ ޔަންގްސީ ޖަޔަންޓު ސޮފްޓު ޝެލް ޓަރޓަލް ދުނިޔެއިން ނެތި ހިގައިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ޔަންގްސީ ޖަޔަންޓު ސޮފްޓު ޝެލް ޓަރޓަލްގެ ދުނިޔޭގައި އޮތްކަމަށް ރެކޯޑު ކުރެވިފައިވާ ހަމައެކަނި އަންހެން ވެލާ މަރުވެއްޖެއެވެ.

މި ވެލާ މަރުވެފައި އޮތްވާ ފެނިފައިވަނީ ވިއެޓްނާމުންނެވެ. މިއީ މި ވެލާ އެންމެފަހުން ދިރިހުއްޓާ ފެނިފައިވާ ހިސާބެވެ. މި ވެލާގެ ދިގުމިނުގައި 5 ފޫޓު އެއް އިންޗު ހުރި އިރު ބަރުދަނުގައި 92.2 ކިލޯ ހުއްޓެވެ.

ދުނިޔޭގައި މިހާރު ހުރީ މި ބާވަތުގެ 3 ފިރިހެން ވެލާއެވެ. މީގެތެރެއިން 2 ވެލާ އޮތީ ޗައިނާގައެވެ. އަނެއް ވެލާ އޮތީ ވިއެޓްނާމުގެ ހަނޯއީގައެވެ.

ޔަންގްސީ ޖަޔަންޓު ސޮފްޓު ޝެލް ޓަރޓަލް ދުނިޔެއިން ހުސްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބެލެހެއްޓުމެއް ނެތި މި ބާވަތުގެ ވެލާ މީހުން ކެއުމަށް ބޭނުންކުރަމުން ދިޔުމެވެ. އަދި މީގެ ބިސްތައް ވެސް ކެއުމަށް ބޭނުންކޮށް، އޭތި ދިރިއުޅޭ ހިސާބުތަކަށް ގެއްލުންތައް ދިނުމެވެ.

ކޯރުގައި ދިރިއުޅޭ މި ބާވަތުގެ ވެލަ އަކީ ޗައިނާ އަދި ވިއެޓްނާމުން އެކަނި ފެންނަ ވަތްތަރުގެ ވެލައެކެވެ.

މީގެކުރިން ދުނިޔޭގައި ރެކޯޑުކުރެވިފައިވާ މި ބާވަތުގެ އަންހެން ވެލާ ވަނީ 2019 ވަނަ އަހަރު މަރުވެފައެވެ. މި ވެލާ އާއި ޗައިނާގެ ސޫޖޯގެ ޒުލެއްގައި އޮތް މި ބާވަތުގެ ވެލައާ ދެ ވެލާ ދިމާވެ އިތުރު ވެލާތައް އާލާ ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!