މަސްވެރިކަމާއި ގުޅޭ

Ambergris-seizure-BengaluruCCB-1200-11082021

20 މިލިއަން ޑޮލަރުގެ އަގުހުރި މާވަހަރާއި އެކު އިންޑިއާގައި ބަޔަކު ހައްޔަރުކޮށްފި

18.1 ކިލޯގެ މާވަހަރާއި އެކު އިންޑިއާގައި ބަޔަކު ހައްޔަރުކޮށްފިއެވެ. ބާޒާރުގައި މި މާވަހަރުގެ އަގު 20 މިލިއަން ޑޮލަރަށް އަރާނެކަމަށް ޙަބަރުތައް ބުނެއެވެ.

ސްޕާމް ވޭލްއަކީ އިންޑިއާގައި ހިމާޔަތްކޮށްފައިވާ އެއްޗަކަށްވާއިރު އެޤައުމުގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. ޑައިރެކްޓޮރޭޓު އޮފް ރެވެނިއު އިންޓެލިޖެންސްގެ އޮފިސަރުން މާވަހަރު އަތުލައިގަނެފައިވަނީ ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

އެގޮތުން ބަޔަކު ޓޮޓްކޮރިން ބަނދަރާއި ދިމާ ކަނޑުގެ ސަރަހައްދުން ސްރީލަންކާއަށް މާވަހަރު ބޭރުކުރަން އުޅޭ ކަމުގެ މައުލޫމާތުލިބުމުން އޮފިސަރުންވަނީ އެ ސަރަހައްދުގައި ހާއްސަ އޮަޕަރޭޝަނެއް ހިންގާފައެވެ.

އޮޕަރޭޝަންގައި ވެހިކަލްއެއް ބަލާ ފާސްކުރުމުގައި 18.1 ކިލޯގެ މާވަރެއްވަނީ ފެނިފައެވެ. މި ވެހިކަލްގައި ތިބި 5 މީހުންވަނީ ހައްޔަރުކޮށްފައެވެ.

ފާއިތުވީ 2 އަހަރުތެރޭ ޓޮޓްކޮރިންއިން ބޭރު ޤައުމުތަކަށް ފޮނުވާލުމަށް މަސައްކަތްކޮށްފައިވާ 40.52 ކިލޯގެ މާވަހަރުވަނީ އަތުލައިގަނެފައެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގު ހުރި އެއްޗެކެވެ. އެހެން ނަމަވެސް އިންޑިއާގައި މާވަހަރުގެ ވިޔަފާރި ކުރުމަކީ މަނާކަމަކަށްވުމުން، މާވަހަރެއް ފެނިއްޖެ ނަމަ ކަމާއިގުޅޭ ފަރާތްތަކަށް އެކަން ރިޕޯޓުކޮށް، މާވަހަރު އެފަރާތްތަކާއި ހަވާލުކުރަން ޖެހެއެވެ.

އިންޑިއާގައި މާވަހަރުގެ ވިޔަފާރިކުރުން މަނާކޮށްފައިވީ ނަމަވެސް ކަޅު ބާޒާރުގައި އޭގެ ވިޔަފާރިކުރެއެވެ. އެގޮތުން އޮންލައިން ސައިޓުތައް މެދުވެރިކޮށްވެސް މާވަހަރުގެ ވިޔަފާރިކުރެއެވެ. އެގޮތުން މި ސައިޓުތަކުގައި ކިލޯއެއްގެ މާވަހަރު އުޅެނީ 1 ކްރޯޑު ރުޕީސްއަށެވެ.

މާވަހަރު އާއްމުގޮތެއްގައި ބޭނުންކޮށް އުޅެނީ ސެންޓު އުފެއްދުމަށެވެ. އަދި މިއީ މޫދުން ފެންނަ ރަނުގެ ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!