މަސްވެރިކަމާއި ގުޅޭ

ފަރުމަސް - ފޮޓޯ: އެޓޯލް ފިޝަމަން
ފަރުމަސް - ފޮޓޯ: އެޓޯލް ފިޝަމަން

ފަރުމަސްވެރިކަން ހިމެނޭހެން، ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓަށް ހުށަހަޅަން ހުޅުވާލައިފި

ފަރުމަސްވެރިކަން ހިމެނޭހެން، ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓަށް ހުށަހަޅަން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރު ނިމި، ތިންވަނަ ބުރަކަށް ފޯމު ހުށަހެޅުމަށް 16 އޭޕރީލް 2023 ގައިވަނީ ހުޅުވާލެވިފައެވެ.

އެހެންކަމުން ވީހާވެސް ގިނަފަރާތަކަށް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެގޮތުން ތިން ދާއިރާއަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި"-

  1. ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ޚާއްޞަ)
  2. އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
  3. ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް

އަދި އިޢުލާނު ނަންބަރު (IUL)101/1/2023/102 ގައިވާ ފޯމު ހުށަހެޅުމުގެ ސުންގަޑި 30 ޖޫން 2023 އަށް ވަނީ އިތުރުކޮށްފައެވެ.

މިޕްރޮގްރާމްގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތެވެ. ޕްރޮގްރާމުގެ ތަފްސީލާއި، ހަމަވާންޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީދެވޭ އަދަދު އަދި ދެވޭނެގޮތްތައް ކަނޑައަޅައި މިނިސްޓްރީން އަމަލު ކުރާނެ އުސޫލު ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވެއެވެ.

މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި އަމަލު ކުރެވިފައިވާ ގޮތް ޝާއިޢު ކުރެވެމުންދާނެއެވެ.  (https://jobcenter.mv/)

ފޯމް ހުށަހެޅުމުގެ ސުންގަޑި

އެހީއަށް އެދުމުގައި ހަމަވާންޖެހޭ މައިގަނޑު ޝަރުތުތައް

30 ޖޫން 2023

  • 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން  އަދި؛
  • އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.
  • ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަވާން ޖެހޭ އެހެނިހެން ޝަރުތުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ " ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.

 ޖަދުވަލު 1: އަމިލްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އެހީގެ ޕްރޮގްރާމްގައި އެޕްލިކޭޝަން ލުމަށް ހަމަޖެހިފައިވާ ދާއިރާތައް

 

  • އަތްތެރި މަސައްކަތް
  • ބިޔުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް
  • ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ޚާއްޞަ)
  • އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
  • ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!