މަސްވެރިކަމާއި ގުޅޭ

dc-Cover-8350krvqo7tutdnr6pd84fipu5-20161219065649.Medi

އިންޑިއާގެ އުތަރްޕްރަދޭޝްގައި އަލަށް މަސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުން ފަރާތްތަކަށް ސަރުކާރުން އެހީވަނީ

އިންޑިއާގެ އުތަރް ޕްރަދޭޝްގައި އަލަށް މަސްވެރިކަމުގެ ދާއިރާއަށް ވަންނަ ބޭނުން ފަރާތްތަކަށް މަގު ފަހި ކޮށްދިނުމުގެ ގޮތުން ސަރުކާރުން އެހީތެރިކަންދޭން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކޯވިޑް-19 ގެ ސަބަބުން އިންޑިއާގެ އެކި ސަރަހައްދުތަކާއި، އެހެން ޤައުމުތަކުގައި ވަޒީފާގައި އުޅުނު އުތަރްޕްރަދޭޝަށް ނިސްބަތްވާ ގިނަ ބައެއްގެ ވަޒީފާ ގެއްލި އަނބުރާ އުތަރްޕްރަދޭޝަށް ހިޖުރަކޮށްފައިވާކަމަށެވެ.  މިގޮތުން ހިޖުރަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އާމްދަނީ ހޯދުމަށް އަލަށް މަސްވެރިކަމުގެ ދާއިރާއަށް ވަނުމަށް ގިނަ ބައެއް ޝައުގުވެރިކަން ފާޅުކޮށްފައިވަކަމަށެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކަށް އަލަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އިންޑިއާގެ އެގްރިކަލްޗަރ މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ބިއުރޯ އޮފް ފިޝް ޖެނަޓިކްސް ރިސޯސަސްއިން، އެންބީއެފްޖީއާރުއިން ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދޭން ހާއްސަ މަޝްރޫއެއް ފަށާފައިވާކަމަށެވެ.

އެންބީއެފްޖީއާރުއިން އުތަރްޕްރަދޭޝްގެ 14 ސަރަހައްދަކަށް ނިސްބަތްވާ ފަރާތްތަކަށް މަސްވެރިކަމާ ގުޅުން ހުރި އެކި ބާވަތުގެ ވިޔަފާރި ފެށުމަށް އެހީވުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ސަބަބުން މިސަރަހައްދުތަކުގެ ތިން ހާހެއްހާ އާއިލާތަކަށް ފައިސާ ކުރާނެކަމަށް އެންބީއެފްޖީއާރުއިން ބުނިއެވެ.

މިމަޝްރޫގެ ތެރެއިން އެންބީއެފްޖީއާރުއިން އެހީވާ ފަރާތްތަކަށް ފްރެޝްވޯޓަރ ނުވަތަ ލޮނު ނޫން ފެނުގައި މަސް، އިހި އަދި ކަކުނި ފަދަ ތަކެތި ދިރުވާ އާލާކުރުމުގެ އުކުޅުތަކާއި، މިކަމާ ގުޅޭ ތަމްރީން އަދި ވަސީލަތްތައް ފޯރުކޮށްދޭނެއެވެ. އަދި މިކަން ކުރުމަށް އެސަރަހައްދުތަކުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު މިފަދަ ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ލޯނު ފޯރުކޮށްދިނުމާއި، އެފަރާތްތަކުގެ އުފެއްދުންތައް މާރކެޓްކުރުމަށް އެހީތެރިވުމަށް މަސައްކަތް ކުރާނެކަމަށް އެންބީއެފްޖީއާރުއިން ބުނިއެވެ.

މަސްވެރިކަމުގެ ދާއިރާއަކީ އިންޑިއާގައި ދެވަނަ އަަށް އެންމެ ގިނަ ބައެއް އާމްދަނީ ހޯދަން ހަރަކާތްތެރިވަ ދާއިރާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!