މަސްވެރިކަމާއި ގުޅޭ

--ޕްލެޓިނަމް އަރޯވާނާ

އެންމެ އަގުބޮޑު އެކުއޭރިއަމް މަހަކީ ކޮބައިކަން އެނގޭތަ؟

އެކުއޭރިއަމްތަކުގައި މަސް ގެންގުޅުމަކީ ވަރަށް ގިނަ މީހުންގެ ހޮބީއެވެ. މިކަމަށް މިލިއަނުން ހަރަދުކުރާ މީހުންވެސް ދުނިޔޭގައި އުޅެއެވެ. ރާއްޖޭގައިވެސް އެކުއޭރިއަމްތަކުގައި މަސް ގެންގުޅުމަކީ، ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މިކަން ވިޔަފާރީގެ ގޮތުންވެސް ކުރާ މީހުން ރާއްޖޭގައި އުޅެއެވެ. އެގޮތުން ރާއްޖޭގައި މި ފަދަ މަސްތައް އާލާކުރުމުގެ މަސައްކަތްވެސް ކުރެއެވެ.

އެކުއޭރިއަމްގައި ގެންގުޅޭ މަސްތަކުގެ ތެރެއިން އެންމެ އަގުބޮޑު މަހަކީ، އޭޝިއަން އަރޯވާނާ ނުވަތަ ސްކްލެރޯޕޭޖްސް ފޯމޯސަސްގެ ނަމުންވެސް މަޝްހޫރުވެފައިވާ ޕްލެޓިނަމް އަރޯވާނާއެވެ. މި މަހަށް ބައެއް މީހުން "ޑްރެގަން ފިޝް"ގެ ނަމުންވެސް މުހާތަބުކުރެއެވެ.

ޕްލެޓިނަމް އަރޯވާނާ އަކީ ޓްރޮޕިކަލް މީރުފެން މަހުގެ ބާވަތްތަކަށް ނިސްބަތްވާ ބާވަތެކެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާއިން ވަރަށް ގިނައިން ފެނިދާ ބާވަތެކެވެ. އޭޝިއާ ސަރަހައްދުން ގިނަ ފަހަރަށް މަސް ފެނުނު ނަމަވެސް، މި މަހުގެ މަޝްހޫރު އެހެން ވަސީލަތްތަކުގެ ތެރޭގައި އޮސްޓްރޭލިއާ އާއި ދެކުނު އެމެރިކާވެސް ހިމެނެއެވެ.

ޕްލެޓިނަމް އަރޯވާނާގެ އަގު ބާޒާރުގައި 10 ޑޮލަރުން ފެށިގެން 400،000 ޑޮލަރަށް އަރައެވެ. މިއީ އެކުއަރިއަމަކަށް ގަނެވޭނެ އެންމެ އަގުބޮޑު މަހެވެ. މިއަގު ބޮޑުވަނީ މި ބާވަތުގެ އަރޯވާނާގެ ވަކި ބްރީޑެއްގެއެވެ.. އެކަހަކަގެ ބްރީޑަކީ ކޮންމެ އެއް މިލިއަން ޕްލެޓިނަމް އަރޯވާނާ އިން އެއް ޕްލެޓިނަމް އަރޯވާނާއަށް ލިބޭ ހާއްސަ ކަމެކެވެ. އެއީ އެ އަރޯވާނާގެ ޖީންގެ ސަބަބުން ހަމުގެ ކުލައަށް ބަދަލުތަކެއް އަންނާތީއެވެ.

ޕްލެޓިނަމް އަރޯވާނާ ނުވަތަ އޭޝިއަން އަރޯވާނާ އަކީ ސައިޓީސް (ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީސީސް) އެޕެންޑިކްސް 1 ގައި ލިސްޓުކޮށްފައިވާ މަހެކެވެ. އެހެންކަމުން މި މަހުގެ ބައިނަލްއަގުވާމީ ވިޔަފާރި ކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ.

ޕްލެޓިނަމް އަރޯވާނާ އަކީ، ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ ބާވަތެވެ. އެކަމުގެ މައިގަނޑު ސަބަބަކީ، 70ގެ އަހަރުތަކުގައި އޭޝިއަން އަރޯވާނާގެ މަސްވެރިކަން ކުރުމާއި އެތަކެތި ވިޔަފާރީފެ ބޭނުމާއި ކެއުމަށް ބޭނުންކުރުމެވެ.

ޕްލެޓިނަމް އަރޯވާނާ އަށް 60 އަހަރު ވަންދެން ދިރިހުރެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!