މަސްވެރިކަމާއި ގުޅޭ

mas

މަސްވެރިންނަށް ނުދެވި ހުރި ގިނަ އަދަދެއްގެ ފައިސާ މި ހަފްތާގައި ދޭނެ: މިނިސްޓަރު

މަސްވެރިން އަތުން މިފްކޯއިން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ މި ހަފްތާގެ ތެރޭގައި ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ވަނީ، ނޮވެމްބަރު 11 އަކާ ހަމައަށް ހުރި ހުރިހާ ބިލަކަށް ފައިސާ ދޫކޮށްފައެވެ. އޭގެ ފަހުން ހުރި ބިލްތަކަށް ފައިސާ ދޫކޮށްފައި ނުވާއިރު، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 220 މިލިއަނަށް ވުރެ ގިނައެވެ.

"މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ވަރަށް ބޮޑު އަދަދެއް މި މަހުގެ 10 އެއްގެ ކުރިން ދޫކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއްވެސް ވަރަށް އަވަހަށް ދޫކޮށް ގަވައިދުން އަވަސް މުއްދަތެއްގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

މި ސަރުކާރުން މިހާތަނަށް ވަނީ 140 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!