މަސްވެރިކަމާއި ގުޅޭ

tz

ޓެންޒޭނިއާގެ ފުރަތަމަ މަސް ބަނދަރު އަންނަ އަހަރުތެރޭ ހުޅުވަނީ

ޓެންޒޭނިއާގެ ފުރަތަމަ މަސް ބަނދަރު އަންނަ އަހަރުތެރޭ ބޭނުންކުރަން ފެށޭނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ކަސިމް މަޖަލިވާ ވިދާޅުވެއްޖެއެވެ.

މި މަސް ބަނދަރު ތަރައްޤީކުރަނީ ޗައިނާ ހާބަރ އިންޖީނިއަރިންގ ކޮމްޕެނީގެ ފަރާތުންނެވެ. އަދި މިހާރު މި މަޝްރޫޢުގެ %42 ނިމިފައިވާކަމަށް ކަސިމް ވިދާޅުވިއެވެ. މަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއި އެކުވެސް މިހާތަނަށް އެ ސަރަހައްދުގައިވަނީ 400އަށްވުރެ ގިނަ ވަޒީފާ އުފެދިފައެވެ.

ޓެންޒޭނިއާގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށްޓަކައި އެޤައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ޓެންޒޭނިއާގެ މަސްވެރިންނަށްވަނީ 160 މަސް ބޯޓު ހަދިޔާކޮށްފައެވެ. މިކަމަށް ސަރުކާރުންވަނީ 4.5 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.

މީގެއިތުރުން ސަރުކާރުންްވަނީ 222 މަސް އާލާ ކުރާ ކޮށިވެސް މަސްވެރިންނަށް ހަދިޔާކޮށްފައެވެ. މި އެހީ އާއި އެކު 1213 މަސްވެރިންނަށްވަނީ މަސް އާލާކުރުމުގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!