މަސްވެރިކަމާއި ގުޅޭ

Close-up view of a Common Octopus (Octopus vulgaris)

ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ބޯވަގެ ފެނުމަށް އަސަރުކުރޭ

ކަނޑުގެ ލޮނުގަނޑު ހޫނުވުމުންދިޔުމާއި އެކު ބޯވަގެ ފެނުމަށް އަސަރުކުރަމުންދާކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

ޔުނިވަރސިޓީ އޮފް އެޑިލެއިޑްގެ ސްކޫލް އޮފް ބިއޮލޮޖިކަލް ސައިންސްގެ ގުރެޖުއޭޓެއްކަމަށްވާ ޑރ. ޗިއާޒް ހުއާ ބުނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ބޯވަގެ ލޮލުގެ ލެންސްއަށް އަސަރުކުރާކަމަށެވެ. މިއާ އެކު އޭގެ ފެނުން ފުސްްވާކަމަށެވެ.

އަދި މިގޮތަށް ލޯ ފުސްވާން ފެށުމުން އޭތި މޫދުގައި ދިރިއުޅުމަށް އަސަރުކުރާކަމަށެވެ. އެގޮތުން ޝިކާރަކުރާ ފަރާތްތަކުން ސަލާމަތްވުމަށް އުނގަދޫވާކަމަށް ހުއާ ބުންޏެވެ.

އަދި މީގެއިތުރުން ބޯވަ އާލާވުމަށްވެސް ލޮނު ގަނޑު ހޫނުވުމުން އަސަރުކުރާކަމަށާއި، ބިސްތައް ހަލާކުވާކަމަށެވެ. އަދި ބިސްތައް މިގޮތަށް ހަލާކުވުމުން އޭގެ މަންމަ ބޯވަވެސް މަރުވާކަން ފާހަގަކުރެވޭ ކަމަށް ހުއާގެ ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!