މަސްވެރިކަމާއި ގުޅޭ

Ocean Hunter ice plant 3

އޯޝަން ހަންޓާ އައިސް ޕްލާންޓްއިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

އޯޝަން ހަންޓާ މަސް ފެކްޓަރީއިން ކ. ހިއްމަފުށީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ. މި އައިސް ޕްލާޓުން އައިސް ތައްޔާރުކުރަނީ ލޮނު ފެން ބޭނުންކޮށްގެން ފްލޭކް އައިހެވެ.

މަސްވެރިން.އެމްވީ އަށް މައުލޫމާތު ދެމުން، އޯޝަން ހަންޓާގެ މެނޭޖިންގ ޑިރެކްޓަރ ހަސަން އީމާން ވިދާޅުވީ، މި އައިސް ޕްލާންޓުން ދުވާލަކަށް 50 ޓަނުގެ އައިސް ތައްޔާރުކޮށް މަސްވެރިންނަށް ފޯރުކޮށްދޭނެކަމަށެވެ. އަދި ބާޒާރުގައި މިވަގުތު އައިސް ވިއްކާ އަގުތަކަށް މަސްވެރިންނަށް އައިސް ދޫކުރާނެކަމަށާއި، ކަންނެލި މަސްވެރިން ވިއްކާ ކޮންމެ ކަންނެލި ފޮއްޓަކަށް 2 ފޮށި އައިސް ހިލޭ ލިބޭނެކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އޯޝަން ހަންޓާ އައިސްޕްލާންޓް ޖެޓީގައި ދޯންޏެއް އައިސް އަޅަނީ

އާންމުކޮށް އައިސްޓަނެއް 1000-1200 ދެމެދުގެ އަގުތަކަށް ލިބެއެވެ. އައިސް ލިބުމުގެ ދަތިކަމަކީ އަބަދުވެސް މަސްވެރިންކުރާ ޝަކުވާއެކެވެ. ތާޒާކޮށް މަސް ބެހެއްޓުމަށްޓަކައި އެކަށީގެންވާ ވަރަށް އައިސްނުލިބުމަކީ މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަންޖެހިފައި އޮތް މައްސަލައެކެވެ.

އޯޝަން ހަންޓާގެ ޒުވާން ޓީމުން ކ. ހިއްމަފުށީގައި އައިސްޕްލާންޓެއް ޤާއިމުކޮށް މަސްވެރިންނަށް އައިސް ވިއްކަން ފެށުމަކީ މަސްވެރިންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!