މަސްވެރިކަމާއި ގުޅޭ

viber_image_2020-08-12_20-01-44

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަނީ ރަތް ދަރަޖައިގައި ގިންތިކުރެވިފައި: އާދަމް ޒިޔާދު

އިންޑިއާ ކަނޑުގައި ދިވެހިން ކުރަމުންމިދާ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް، ފާއިތުވި ހަތަރު ފަސް އަހަރުތެރޭގައިވަނީ ރަތް ދަރަޖައި ގިންތި ކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކްލްޗަރގެ ޑިރެކްޓަރ އޮފް ފިޝަރީޒް ކޮމްޕްލަޔަންސް އާދަމް ޒިޔާދު ވިދާޅުވެއްޖެއެވެ.

ޕީއެސް އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒިޔާދުވިދާޅުވީ، އިންޑިއާ ކަނޑުގައި ދިވެހިން އާންމުކޮށް މަސްވެރިކަން ކުރަމުން މިދާ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ ތެރެއިން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ސައިންސްވވެރިން ވަނީ ރަތް ދަރަޖައިގައި ފާހަގަކޮށްފައިކަމަށެވެ.

"އިންޑިއާ ކަނޑުގަ އަޅުގަނޑުމެން އާންމު ގޮތެއްގައި މަސްވެރިކަން މިކުރަނީ ދެ ސްޓޮކަކުން. ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި. ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ސައިންސްވެރިން ގިންތިކުރާ ހަތަރު ގިންތީގެ ތެރެއިން އެންމެ ދަށް ދަރަޖައިގަ، ރަތް ދަރަޖައިގަ ގިންތި ކުރެވިފައި ހުންނަތާ މިހާރު ހަތަރު ފަސް އަހަރެއް ވެއްޖެ"

ޒިޔާދު އިތުރަށް ވިދާޅުވީ ގޯސް ދަރަޖައިގަ ހުރި ސްޓޮކަކުން މަސްވެރިކަން ފުޅާކުރުމަކީ އެންމެ ޒިންމާދާރު ގޮތެއއް ނޫންކަމަށާއި، އެފަދަ މަސްވެރިކަމެއްގައި މަސްވެރިކަން ފުޅާކުރާނަމަ ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ކަންބޮޑުވުންތައް ހުންނަކަމަށެވެ. އަދި ސްޓޮކްދަށްވެފައިވާ މަސްވެރިކަން ފުޅާކުރާނަމަ، އިންޑިއާ ކަނޑުން ބާނާ މަސްނުގަތުމަށް އެހެނިހެން ގައުމުތަކުގެ ބޮޑެތި ކުންފުނިތަކަށް ބާރުއަޅާ ތިމާވެށިގެ ޖަމިއްޔާތައް މަސައްކަތް ކުރަމުންދާކަމަށްވެސް ޒިޔާދު ފާހަނގަކުރެއްވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!