މަސްވެރިކަމާއި ގުޅޭ

asdhaan

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގު ހެޔޮކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގުހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން އެކުންފުނީގެ މަސް ގަންނަ ސައިޓްތަކާއި އަދި ބޯޓު ފަހަރުތަކުން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފައިވާކަމަށެވެ. މިގޮތުން މިއަދުން ފެށިގެން މަސްވެރިންނަށް ޑީސަލް ލީޓަރެއް އެކުންފުނިން ވިއްކާނީ 7 ރުފިޔާ 33 ލާރިއަށެވެ. މިއަދާ ހަމައަށް މަސްވެރިންނަށް އެކުންފުނިން ޑީސަލް ވިއްކަމުން ގެންދިޔައީ 8 ރުފިޔާ 65 ލާރިއަށެވެ. ތެލުގެ އަގަށް ގެނައި ބަދަލާއެކު ކޮންމެ ލީޓަރަކުން 1 ރުފިޔާ 54 އަގުހެޔޮވާނެއެވެ.

މީގެއިތުރުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން އާއްމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން މިއަދުން ފެށިގެން އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!