މަސްވެރިކަމާއި ގުޅޭ

އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ
އައިސްޕްލާޓެއް/ ފޮޓޯ: މަސްވެރިން.އެމްވީ

ފީއަލީގައި އައިސްޕްލާންޓެއް ޤާއިމްކުރާނެ ފަރާތެއް ހޯދަނީ

ފ.ފީއަލީގައި އައިސްޕްލާންޓެއް ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އާންމުކޮށްފައިވާ އިޢުލާނެއްގައި ވަނީ، ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. ބީލަން ހުށަހެޅުން އޮންނާނީ އޮކްޓޯބަރ 11 ވަނަ ދުވަހުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފީއަލީގައިވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިސް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.

މިއީ މަސްވެރިން ބާނާ މަސް ތަޒާކަންމަތީ މަސް ގަންނަ ފަރާތްތަކާ ހަމައަށް ގެންދިޔުމަށްޓަކައި މަސްދޯނިފަހަރަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކުރުމުގެ ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!