މަސްވެރިކަމާއި ގުޅޭ

ޓެސްކޯގެ ފިހާރައެއްގައި މަހުގެ ބާވަތްތައް ވިއްކަން ބަހައްޓާފައި - ފޮޓޯ: ފޯސްކްއަރ
ޓެސްކޯގެ ފިހާރައެއްގައި މަހުގެ ބާވަތްތައް ވިއްކަން ބަހައްޓާފައި - ފޮޓޯ: ފޯސްކްއަރ

އިންޑިއާ ކަނޑުގެ މަސްވެރިކަން ނުބެލެހެއްޓޭކަމަށް ބުނެ ޓެސްކޯއިން މަސްވިއްކުން ހުއްޓާލަނީ

އިންޑިއާ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓާ އަދި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ގިނައިން މަސްބޭނުން ހުއްޓުވަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅަނީސް، އިންޑިއާ ކަނޑުގެ ސަރަހައްދުން ބާނާ މަސް، ޓެސްކޯ ބްރޭންޑްގެ އެއްވެސް ސުޕަރމާޓެއްގައި ނުވިއްކާނެކަމަށް ޓެސްކޯއިން ބުނެފިއެވެ. ޓެސްކޯއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާބޯތަކެތީގެ ވިޔަފާރިއާއި އެހެނިހެން މުދާތައް ރީޓެއިލްކޮށް ވިއްކަމުންއަންނަ ކުންފުންޏެކެވެ.

ޓެސްކޯއިން ފާހަނގަކުރާގޮތުގައ އިންޑިއާ ކަނޑުން މަސްބޭނުމަށް ކަނޑައަޅާފައިވާ މިންވަރަށް މަސްބޭނުން މަދުކޮށްފައިނުވެއެވެ. އެހެންކަމުން، އިންޑިއާ ކަނޑުން ބާނާ މަހުގެ ތެރެއިން، ޓެސްކޯއިން ވިއްކަމުން އަންނަ ކަނޑުމަހާއި ހިބަރުގެ ބާވަތްތައް ވިއްކުން އޮކްޓޯބަރ 2020ން ފެށިގެން މިއަހަރުގެ ނިޔަލަށް ހުއްޓާލާނެކަމަށް ޓެސްކޯއިންވަނީ ބުނެފައެވެ. 

އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ކަނޑުމަހުގެ ބާވަތްތައް ބެލެހެއްޓުމައް އުފައްދާފައިވާ އައި.އޯ.ޓީ.ސީ ޖަމިއްޔާގައި ހިމެނޭ މެންބަރުންގެތެރޭގައި މަސްވެރިކަމުގައި ޝާމިލްވާ ވިލާތުގެ ޤައުމުތައް އަދި އިނގެރޭސިވލާތްވެސް ހިމެނެއެވެ.

އައި.އޯ.ޓީ.ސީގެ ސައިންސްވެރިންގެ ހުށައެޅުމާއި އެއްގޮތައް ވާގިދީ، ޓެސްކޯގެ އިތުރުން އެހެން ކުންފުނިތަކުންވެސް މިކަމަށް އަވަސް ހައްލަކަށް އެދި ވަނީ އައި.އޯ.ޓީ.ސީ ގެ މެމްބަރުންނައް ގޮވާލަފައެވެ.
2018 ވަނަ އަހަރުގެ އައި.އޯ.ޓީ.ސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިކަމަށް އެންމެ ކުޑަ އަހައްމިއްޔަތުކަމެއް ދީފައިވަނީ ވިލާތަށް ނިސްބަތްވާ ޤައުމުތަކުންނެވެ. އެގޮތުން ސްޕެއިންއިން އެޤައުމަށް ދީފައިވާ ކޯޓާއަށްވުރެ 12 ހާސް މެޓްރިކް ޓަނުގެ މަސްބާނާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ގިނަ ބައެއްގެ އުންމީދުތައް ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ މަސްވެރިކަން ހިމާޔަތްކުރުމަށް އެކުލަވާލި މުއާހަދާ "ކޮންޒަވޭޝަން އެންޑް މެނޭޖްމަންޓް މެޝަރމަންޓްސް" (ސީ.އެމް.އެމްސް)ގައި މަސް ރައްކާތެރިކުރުމަށް ހިމަނާފައިވާ އިސްލާހުތަކަށް ބަހުސްކުރުމަށް އައި.އޯ.ޓީ.ސީގެ ބައްދަލުވުމެއް އަންނަ ނޮވެމްބަރުމަހު ތާވަލްކޮށްފައިވާއިރު، މިބައްދަލުވުމުގައި މިކަމާއި ބެހޭ މަޝްވަރާތައް ކުރުމަށް އެޖެންޑާ ކުރެވިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެޖެންޑާގައި މިކަން ހިމަނާފައި ނުވާތީ މިއީ މިކަމަށް ދީފައިވާ އަހައްމިއްޔަތުކަން ކުޑަކަން ފާހަގަވާކަމެއްކަމަށް ގްލޯބަލް ޓޫނާ އެލައެންސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޓޮމް ޕިކެރެލް ބުނެފައިވެއެވެ.
އައި.އޯ.ޓީ.ސީގެ އެޖެންޑާގައި ހާމަކޮށްފައިވާ ގޮތުންނަމަ، މިހާރުގެ ސީ.އެމް.އެމްސްގެ ދަށުން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަންކަމަށް 2021 ވަނަ އަހަރާއި ހަމައަށް އަމަލުކުރުމަށް ބުނެފައިވެއެވެ.

ޓެސްކޯގެ ކަންބޮޑުވުމާއިއެކު، އައި.އޯ.ޓީ.ސީގެ އެޖެންޑާގައި މިކަމަށް ބަހުސް ކުރެވިގެންދާނެކަމަށާއި އަވަސް ފުރުސަތެއްގައި މިކަމަށް ހައްލެއްލިބޭނެކަމަށް އުންމީދުކުރާކަމަށް ޕިކެރެލް ބުނެފައިވެއެވެ. އަދި މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ޓެސްކޯއާއި އެއްފަދައިން އެހެން ބްރޭންޑްތަކުންވެސް ޓެސްކޯ ނެގިފަދަ ފިޔަވަޅެއް އަޅާ، މާކެޓަށް ނެރޭ މަހުގެ ބާވަތްތައް ހޯދުމަށް އެހެން ގޮތެއް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް ޕިކެރެލް ބުނަފއިވެއެވެ.
މިކަމާއި ބެހޭގޮތުން އައި.އޯ.ޓީ.ސީއިން އަދި އެއްވެސް ބަހެއް ބުނެފައިނުވާކަން ފާހަގަވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!