މަސްވެރިކަމާއި ގުޅޭ

117991909_306299810645199_5583591185321640469_n

އަސްދާނު ދޯނި ފަޅަށް އަރައިގެން ލިބުނު ގެއްލުން 1.2 މިލިޔަނަށް އަރާ: އޮޑިވެރިޔާ

އަސްދާނު ދޯނި ފަޅަށް އަރައިގެން ލިބުނު ގެއްލުން އެކެއް ޕޮއިންޓް ދޭއް މިލިޔަނަށް އަރާނެކަމަށް ދޯނީގެ ވެރިފަރާތުން ބުނެފިއެވެ.

މިހާދިސާގައި ދޯނީގެ އަރިމަތިން ދެ ތަނަކުން ފަޅައިގެންގޮސް ދޯނީގެ ފަށަންވެސް ވަނީ ބިންދައިގެންގޮސްފައެވެ. އަދި ދޯނީގެ ގެގަނޑުވެސް ފަޅައިގެން ގޮސް ދޯނީގެ އިންޖީނާއި ޖަނަރޭޓަރަށްވެސް އެއްކޮށް ލޮނު އެޅިފައިވާކަމަސް ދޯނީގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ. ދޯނި އެރުމުގެ ސަބަބުން ދޯނި އަރިއަޅައިގެން ދޯނީގެ އެއްފަރާތް މޫދުތެރެއަށް ދިއުމުގެ ސަބަބުން، ދޯނީގެ ގިނަ ސާމާނުތަކެއް އޮޔާގޮސް ގެއްލުނެވެ. މީތެރޭގައި ޑައިވިންގ ކުރަން ގެންގުޅޭ ސާމާނުތަކާއި، ދޮށިތަކާއި ލައިޓްތައް ފަދަ ބާވަތްތައް ހިމެނެއެވެ. ދޯނި ފަޅަށް އެރިއިރު އެދުވަހު ބޭނި 6 ޓަނުމަހާއި، 3 ޓަނު އައިސްއާއި 20 ފީފާ ތެޔޮ ހުރިކަމަށާއި، ނަމަވެސް މި ހުރިހާ އެއްޗެއް  މޫދަށް ގޮސްފައިވާކަމަށް އެފަރާތުން ބުނެއެވެ.

އަސްދާނު ދޯނި އަރާފައިވަނީ ވ. އަތޮޅުގެ މައިތޮއްޓަށް ކަމުން ރާޅުތައް ބިންދަމުންދިޔައީ ދޯނީގެ އެތެރެއަށެވެ.  26 މީހުންނާއިއެކު ތ. ވަންދޫ އަސްދާނު ދޯނި ވ. ރަކީދުއާއި ދިމާލުން ދެ ނޯޓިކަލް މޭރު ބޭރުން އަތޮޅުގެ މައި ތޮށިމައްޗަށް އެރީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އެގާރަޖަހާކަންހާއިރުއެވެ. މިދޯނި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!