މަސްވެރިކަމާއި ގުޅޭ

ކަނޑުއޮތްގިރީގައި މަސް ބަންދުކުރަނީ/ ފޮޓޯ: މިފްކޯ
ކަނޑުއޮތްގިރީގައި މަސް ބަންދުކުރަނީ/ ފޮޓޯ: މިފްކޯ

ކަނޑުއޮތްގިރީގައި ދެމުންދިޔަ މަސް ބަންދުކުރުމުގެ ޚިދުމަތް އަލުން ފަށައިފި

ކަނޑުއޮތްގިރީގައި ދެމުންދިޔަ މަސް ބަންދުކުރުމުގެ ޚިދުމަތް އަލުން ފަށައިފިއެވެ.

މިކަން ހާމަކޮށް މިފްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ފްރެޝް ފިޝް ޕްރޮސެސިންގ ޕްލާންޓް "ކަނޑުއޮތްގިރީ ފިޝްވިލެޖް" އިން އާންމު ފަރާތްތަކަށް ދެމުންއައި މަސް ބަންދު ކޮށްދިނުމުގެ ޚިދުމަތް ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމުގެ މަޤްސަދަކީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައްވެސް ބަންދުކޮށް، ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރުކުރުމާއި، މަސް އެކްޕޯޓް ކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް މިފްކޯއިން ބުނެއެވެ. އަދި ރާއްޖެއިން އެކްޕޯޓް ކުރެވޭ ތާޒާ މަސް އިތުރުވެގެން ދިއުމުން ރާއްޖެއަށް އެތެރެވާ ބޭރުފައިސާގެ މިންވަރު އިތުރުވެގެން ދިއުމަށް މަގުފަހިވެގެން ދިއުމަކީ މި ޕްރޮޖެކްޓްގެ އެއް ބޭނުންކަމަށް މިފްކޯއިން ބުނެއެވެ.

ކަނޑުއޮތްގިރީގައި ބޮޑުކަންނެެއްޔާއި ފަރުމަސް ބަންދުކުރަން ބޭނުންވާ ފަރާތްތަކުން މިކަމަށް އެދި ފޯމް ހުށައެޅުމަށް މިފްކޯއިން ބުނެއެވެ. މި ފޯމް މިފްކޯގެ ވެބް ސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!