މަސްވެރިކަމާއި ގުޅޭ

ސީޓޭލްސް ބްރޭންޑްގެ ދަޅުމަސް - ފޮޓޯ: ސީޓޭލްސް
ސީޓޭލްސް ބްރޭންޑްގެ ދަޅުމަސް - ފޮޓޯ: ސީޓޭލްސް

ރާއްޖޭގެ މަސްވެރިން ބާނާ މަސް، ދަޅުމަހުގެ ގޮތުގައި އެމެރިކާގެ ބާޒާރަށް!

ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ ދޮށީގެ މަސްވެރިކަމުން ބާނާފައިވާ މަހުން އުފައްދާފައިވާ ދަޅުމަހުގެ ބާވަތްތައް އެމެރިކާގެ ބާޒާރަށް ނެރެފިއެވެ.

މި ސެލަބްރިޓީ ޝެފެއްކަމަށްވާ ބާރޓް ވެން އޮލްފެންގެ "ސީ ޓޭލްސް" ނަމަކަށް ކިޔާ މިއުފެއްދުން އެމެރިކާގެ ބާޒާރަށް ނެރެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިއެވެ. 

އެމެރިކާގެ ބާޒާރުގައި މަސްދަޅަށް އޮންނަ ޑިމާންޑް ބޮޑު ނަމަވެސް، މިހާރު އެމެރިކާގައި ވިއްކަމުން އަންނަ މަސްދަޅުގެ ބާވަތްތަކަކީ ދެމެހެއްޓެނިވި ގޮތުގައި މަސް ވިއްކަމުން އަންނަ ފަރާތްތަކުގެ އަތުން ގަނެ ބަންދުކުރެވިފައިވާ މަސްދަޅު ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑްގެ މިހާލަތުގައި ގޭގައި އެއްޗެހި ރައްކާކުރަން ޖެހިފައިވާއިރު އާއިލާއަށާއި، ދުނިޔެއަށްވެސް އެންމެ ރަގަޅު ގޮތަކީ މިކަހަލަ ދެމެހެއްޓެނިވި ގޮތަށް މަސް ބާނާ އަދި ބަންދުކުރެވިފައި ހުންނަ މަސް ދަޅު ބޭނުންކުރުންކަމުގައި އޭނާ ދެކެއެވެ.

ސީ ޓޭލްސް އިން އެމް.އެސް.ސީގެ ޤަވާއިދަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ މިދަޅުމަހުގައި ބޭނުންކޮށްފައިވާނީ ދިވެހިރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުން ބާނާފައިވާ ކަޅުބިލަމަހާއި، ސްޕެއިންގެ ކަނޑުން ދޮށީގެ މަސްވެރިކަމުގައި ބާނާފައި ހުންނަ ކަޅުބިލަމަހުގެ ބާވަތެއްކަމަށްވާ އަލްބަކޯ މަސްކަމުގައި ހާމަކޮށްފައިވެއެވެ.

ޖުމްލަ 6 ވައްތަރެއްގެ ދަޅުމަސް ސީ ޓޭލްސްގެ ވެބްސައިޓްގައި ވިއްކުމަށް ޝާއިޢު ކޮށްފައިވާއިރު މީގައި ހިމެނެނީ، އަލްބަކޯ ފެން މަސްދަޅާއި އަލްބަކޯ މޫދު ލޮނުފެން މަސްދަޅާއި ޒައިތޫނި ތެޔޮމަސް ދަޅެވެ. އަދި ކަޅުބިލަ މަހުގެ ފެން މަސްދަޅާއި ކަޅުބިލަމަސް މޫދު ލޮނުފެން މަސްދަޅުގެ އިތުރުން ޒައިތޫނި ތެޔޮ މަސްދަޅު ހިމެނެއެވެ. ޑަޗްގެ ޝެފް ވެން އޮލްފިންއަކީ އިންޑޮނޭޝިއާގެ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.

ފާއިތުވި 5 އަހަރު ޔޫރަޕްގެ ބާޒާރުގައި މިމަސްދަޅު މަޝްހޫރުވެފައިވަނީ މިމަސްދަޅުގެ ކޮލިޓީ ދެމެހެއްޓެނިވި ގޮތެއްގއި ހިފެހެއްޓިފައިވާތީއެވެ. މިމަސްދަޅު އުފެއްދި ފަރާތުން ބުނެފައިވާ ގޮތުންނަމަ މި ބްރޭންޑްގައި ހިމެނޭނީ 100 އިންސައްތަ އެމް.އެސް.ސީ ސެޓިފައިޑް މަސްކަމަށް ބުނެފައިވެއެވެ. ނެދަރލޭންޑްސްގައިވެސް މިމަސްދަޅު މިހާރު ވިއްކަމުން އަންނަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!