މަސްވެރިކަމާއި ގުޅޭ

big_fA6lrKHsnRPqfImTvHdaB34w8

މިފްކޯ އިން "ގިތެޔޮމިރުސް މަސްދަޅު" ތައާރަފުކޮށްފި

މިފްކޯގެ "ހޮޓް ފެކް"ގެ ޑިމާންޑާއެކު އެ ކުންފުނީގެ އިތުރު އުފެއްދުމެއް ބާޒާރަށް ނެރެފިއެވެ.

"ގިތެޔޮމިރުސް މަސްދަޅު" ނުވަތަ "ޓޫނާ ޗަންކްސް ވިތު ހޮޓް ޗިލީ" އަކީ ދިވެހިންގެ ރަހަތަކާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މަސްދަޅެކެވެ. މަޝްހޫރު ކަނޑޫދޫ ކުޅި މިރުސް ބޭނުންކޮށްގެން ފެލިވަރު މަސް ކާރުޚާނާގައި ތައްޔާރުކުރާ މި މަސްދަޅަކީ ކުޅި ރަހަތަކަށް ހާއްސަކޮށްގެން މިފްކޯއިން ނެރެފައިވާ "ހޮޓް ޕެކް"ގެ އަސޭމިރުސް އާއި ހިކި މިރުސް\ މަސްދަޅުތަކަށް ލިބުނު ތަރުހީބާއެކު ބާޒާރަށް އަލަށް ނެރުނު އުފެއްދުމެއްކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ގިތެޔޮމިރުސް މަސްދަޅު ވިއްކަނީ ކޭހެއް 670 ރުފިޔާ އަށެވެ. އަދި ވަކިން މަސްދަޅެއް ވިއްކަނީ 14.50 ރުފިޔާއަށެވެ. މިއީ ސެލެޑާއި ނޫޑްލިސް އާއި ޕާސްތާ ފަދަ ތަކެތި ތައްޔަރު ކުރުމަށް ވަރަށް ކަމުދާނެ މަސްދަޅެއް ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން މިހާރުވެސް ދަނީ އިތުރު އާ އުފެއްދުމެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ސްމޯކްޑު ޓޫނާ ނުވަތަ ދިލަޖެއްސިމަސް ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރުމަށް އެކަމާއި ގުޅޭ ޓެސްޓުތައް ހަދަމުންދާ ކަމަށް މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރ، އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ދަނީ ރިސޯޓާއި ހޮޓާތަކަށް ހާއްސަ އުފެއްދުންތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރަށް ހާއްސަކޮށްގެންވެސް މަހުގެ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!