މަސްވެރިކަމާއި ގުޅޭ

Sea Cucumber

ހުއިފިލަނޑާ - ދުނިޔޭގެ ބާޒާރުގައި އަގުބޮޑު ބާވަތެއް

ހުއިފިލަނޑާއަކީ ދުނިޔޭގައި، ވަރަށް ނަންހިނގާ ބާވަތެކެވެ. ހާއްސަކޮށް އޭޝިއާގެ ގިނަ ޤައުމުތަކެއްގައި މަޝްހޫރު ޓްރެޑިޝަނަލް ކެއުމުގެ ބާވަތެކެވެ. ދުނިޔޭގެ އާބާދީގެ އެންމެ ބޮޑު ޤައުމުކަމަށްވާ ޗައިނާގެ ބަޒާރުގައި ހުއިފިލަޑައަކީ ވަރަށް ޑިމާންޑް ބޮޑު އެއްޗެކެވެ.

ގިނަ ޤައުމުތަކުގައި، ކެއުމުގެ އިތުރުން ހުއިފިލަނޑާއަކީ ބޭސްފަރުވާފައިވެސް ބޭނުންކުރާ އެއްޗެކެވެ. ބައެއް ޤައުމުތަކަށް ގިނަ އަދަދަކަށް ހުއިފިލަނޑާ އިމްޕޯޓް ކުރާއިރު، އަނެއް ބައި ޤައުމުތަކުގައި ހުއިފިލަނޑާ އާލާކޮށްގެންވެސް ބޭނުންކުރެއެވެ.

އާންމުކޮށް ހުއިފިލަނޑާ އާލާކުރާ ޤައުމުތަކުގެތެރޭގައި ނޮދަން ހެމިސްފިއަރ؛ ލެޓިން އެމެރިކާ، ކެރިބިއަން، އެފްރިކާ، އިންޑިއާ ކަނޑުގެ އޭޝިއާ އަދި ވެސްޓާން ސެންޓްރަލް ޕެސިފިކްގެ ސަރަހައްދުގެ ޤައުމުތައް ހިމެނެއެވެ. މިގޮތުން މިއިން ކޮންމެ ސަރަހައްދެގައިވެސް ހުއިފިލަނޑާ އާލާކުރުމުގައި ކުރީގައި އުޅޭ ވަކިވަކި ޤައުމުތައް ހުރެއެވެ. މީގެތެރޭގައި  ޕަޕާ ނިއުގިނީ، ފިލިޕީންސް، ސީޝެލްސް، ގަލަޕަގޯސް އައިލެންޑްސް އަދި ކެނަޑާގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.  ހުއިފިލަނޑާގެ ގިނަ ބާވަތްތައް އެންމެ ގިނައިން އާލާކުރާ ސަރަހައްދަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. އާލާކުރުމުގައިވެސް އެކިއެކި ޤައުމުތަކުގައި އެކިއެކި އުކުޅުތައް ބޭނުންކުރެއެވެ.

އެންމެ ގިނަ އަދަދަކަށް ހުއިފިލަނޑާގެ ވައްތަރުތައް ގަންނަ އެއް ޤައުމަކީ ޗައިނާއެވެ. ޚާޢްސަކޮށް ޗައިނާގެ ހޮންކޮންއިންނެވެ. އަދި އާބާދީ ބޮޑު ޗައިނާގެ މީހުން އެހެން ޤައުމުތަކަށް ހިޖުރަކުރަމުން ދިއުމުގެ ސަބަބުން  އެމެރިކާ، ކެނަޑާ ފަދަ ޤައުމުތަކުގައިވެސް  ހުއިފިލަނޑާގެ ޑިމާންޑްއޮވެއެވެ.

އދގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، އެފް.އޭ.އޯއިން ދެހާސް ސާދަވަނަ އަހަރު ނެރިފައިވާ ރިޕޯޓެއް ދައްކާގޮތުން ހުއިފިލަނޑާއަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. މިގޮތުން އާންމުކޮށް ދުނިޔޭގެ ބާޒާރުގައި ހުއިފިލަޑާ ކިލޯއެއްގެ އަގު ބައެއް ފަހަރު ސަތޭކަ ޑޮލަރުގައިވެސް ހުރެއެވެ. ހުއިފިލަނޑާގެ އެވަރެޖް އިމްޕޯޓްއަގަކީ ކިލޯއަކަށް ސާޅީސް ޑޮލަރެވެ. އަދި ޖުމްލަ އެކްސްޕޯޓް ވެލިއުއަކީ ހަތަރު ސަތޭކަ ބާރަ މިލިއަން ޑޮލަރެވެ. އެފް.އޭ.އޯގެ 2014ވަނަ އަހަރުގެ ރިޕޯޓުން ދައްކާގޮތުން އެމެރިކާއަކީ އެންމެ ގިނަ އަދަދަކަށް ހުއިފިލަނޑާ އެކްސްޕޯޓްކުރާ ޤައުމެވެ.

އެމެރިކާއިން އަހަރެއްގެ މައްޗަށް 800 ޓަނުގެ ހުއިފިލަނޑާ އެކްސްޕޯޓްކުރެއެވެ. މެކްސިކޯއަކީވެސް ގިނަ އަދަދަކަށް ހުއިފިލަނޑާ އެކްސްޕޯޓްކުރާ ޤައުމެކެވެ. މިގޮތުން ދެހާސް 2013 ވަނަ އަހަރު އެކަނިވެސް މެކްސިކޯއިން 650 ޓަނުގެ ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުންވެސް ޕަނާމާ، ބެލިޒް، ތްރިނިދަދް އެންޑް ޓޮބޭގޯ އަދި ވެނެޒުއޭލާއިންވެސް ހުއިފިލަނޑާ އެކްސްޕޯޓްކުރެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!