މަސްވެރިކަމާއި ގުޅޭ

dhoani

ފަޅަށް އެރި އަސްދާނު ދޯނި ފުންކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެރޭ އެގާރަ ޖަހާކަންހާއިރު ވ.އަތޮޅު މައި ތޮށިމައްޗަށް މި ދޯނިއަރާފައިވަނީ މަސްބާނައިގެން އައިސް ވ. އަތޮޅަށް ވަންނަން އުޅުމުގެ ތެރޭގައި.

ދޯނި ފުންކުރުމުގެ މަސައްކަތްކޮށްފައިވަނީ ދޯނީގެ ވެރިފަރާތުން ހޯދި ޓަގެއްގެ އެހީތެރިކަމާއެކު މަސްވެރިންނާއި، އެމްއެންޑީއެފް ގުޅިގެންނެވެ.

މިގޮތުން ހިރިލަންދޫގެ މަސްވެރިންނާއި، ކުޑަކުވަދޫގެ މަސްދޯންޏެއްގެ އިތުރުން ހޮރައިޒޮން ފިޝަރީޒް ކޮމްޕްލެކްސްގެ ބޯޓެއްގެ އެހީތެރިކަން ލިބިފައިވާކަމަށް އަސްދާނު ދޯނީގެ ވެރިފަރާތުން ބުނެއެވެ. ދޯނި ފުންކުރެވިފައިވަނީ ފަރަށް އެރިތާ ސާޅީސް ގަޑިއިރު ފަހުންނެވެ.

ތ.ވަންދޫ އަސްދާން ދޯނި ފަޅަށް އެރިއިރު 26 މީހުން ދޯނީގައި ތިބިކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއަށް ލިބިފައި  ނުވާކަމަށް ދޯނީގެ ވެރިފަރާތުން މަޢުލޫމާތުދެއެވެ. ދޯނި ފަޅަށް އެރުމާއި ދޯނި ފަޅައިގެންގޮސް ދޯނި އަރިއަޅާލައި، ދޯނީގެ އެއްފަރާތް އަޑިއަށް ދިޔައެވެ. ދޯނި އަރިއަޅާލުމާ ގުޅިގެން ފަޅުވެރިން ދޯނިދޫކޮށް ފަޅުމަތީގައި ތިއްބާ އެމީހުން ސަލާމަތްކޮށްފައިވަނީ ފުލުހުންނާއި، އިތުރު މަސްދޯންޏަކުން. މިހާދިސާ ގައި ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. މިދޯނިއަރާފައިވަނީެވެވ.ރަކީދުއާއި ދިމާލުން ދެ ނޯޓިކަލް މޭލު ބޭރުން އަތޮޅުގެ މައި ތޮށިމައްޗަށެވެ. މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވޭ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!