މަސްވެރިކަމާއި ގުޅޭ

image

ހާވަޑު ސައިންސިސްޓުންގެ ރޮބޮޓު ކަނޑު މަސްތަކެއް

ހާވަޑު ސައިންސިސްޓުން ރޮބޮޓު ކަނޑު މަސްތަކެއް ހަދައިފިއެވެ. މި ރޮބޮޓިކް މަސްތަކާއި އެކު ކަނޑުމަތީގައި ދިމާވާ އެކި ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތް އަވަސްވެ، ހަލުވިވެގެންދާނެކަމަށް މި މަސްތައް ތަރައްޤީކުރި ސައިންސިސްޓުން ހާމަކުރެއެވެ.

މި މަސްތަކަކީ ކަނޑުގައި އުޅޭ ގިނަ މަސްތަކެކޭ އެއް ފަދައިން އާންޔަކަށް މޫދުގައި ފީނާ މަސްތަކެކެވެ.
'ބްލޫ ބޮޓު'ގެ ނަންދީފައިވާ މި ރޮބޮޓް މަސްތަކުގެ ގައިގައި ކެމެރާއެއް ހުރެއެވެ. އަދި ގައިގައި ހުންނަ ލެޑް ލައިޑްސް ތަކުގެ އެހީގައި އެހެން މަސްތަކާއި ގައިދުރުކަން ބަހައްޓަންވީ މިންވަރުވެސް އެނގެއެވެ.


އަދި މި މަހުގެ އެހީގައި ތިމާވެއްޓަށްވާ ގެއްލުންތައްވެސް މޮނިޓަރކުރެވިގެންދާނެ ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.
ތްރީ ޑީ ޕްރިންޓު ކޮށްފައިވާ މި މަސްތަކުގެ ދިގުމިގުގައި 10 ސެންޓިމީޓަރު ހުރެއެވެ. އަދި މި މަސް ޑިޒައިން ކުރުމުގައި އަސްލަކަށް ބަލާފައިވަނީ ބްލޫ ޓޭންގ ފިޝްއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!