މަސްވެރިކަމާއި ގުޅޭ

fuvahmuku-FAD

ގއ. ދާންދޫ ބޭރުން އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފި

ގއ. ދާންދޫ ބޭރުން އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފިއެވެ.

މި ކނަދުފަތި ހަރުކޮށްފައި އޮންނަނީ ދާންދޫގެ އިރުން 16 މޭލު ބޭރުގައެވެ. މި ކަނދުފައްޗަކީ 2015 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހަރުކުރި ކަނދުފައްޗެކެވެ. މި ކނަދުފަތީގެ ނަމްބަރަކީ 422އެވެ.

މި ކަނދުފަތި އޮޔާދަނިކޮށް ފެނިފައިވަނީ ގެމަނަފުށި މަރުހަބާ ދޯންޏަށެވެ. އެއީ ދާންދޫގެ އިރުން 10 ވަރަކަށް މޭލު ބޭރުންނެވެ. މަރުހަބާ ދޯނިން މައުލޫމާތު ދިންގޮތުގައި ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައި މި ކަނދުފަތި އޮޔާދަނިކޮށް ފެނުމުން، އެ ނަގައިގެންގޮސް ކޫއްޑޫއާ ވަނީ ހަވާލުކޮށްފައެވެ.

މިއީ ފާއިތުވި ދެމަހެއްހާ ދުވަހު، ކަނޑުމަހުގެ މަސްވެރިން ގިނައަދަދަކަށް މަސްބޭނި ކަނދުފައްޗެކެވެ. އެހެންކަމުން، ވީހާވެސް އަވަހަކަށް މި ކަނދުފަތި އަޅައިދިނުމަށް މަސްވެރިންއެދެއެވެ.

ރާއްޖޭގެ ވަށައިގެން 56 ކަނދުފަތި ހަރުކޮށްފައި އޮންނައިރު، މިގޮތަށް ކަނޑައިގެންދާ ކަނދުފަތިތައް ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ޚާއްސަ ޓީމެއް އޮވެއެވެ. އަދި ކަނދުފައްޗެއް ކަނޑައިގެން ދިއުމުން ރަސްމީ އިދާރާއަކުން މިނިސްޓްރީއަށް އެކަން އެންގުމުން ވީހާވެސް އަހަކަށް ކަނދުފަތި ހަރުކުރުމުގެ މަސައްކަތްކުރާކަމަށް މިނިސްޓްރީއިން މައުލޫމާތުއެއެވެ.

އެހެންކަމުން، ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، ކައުންސިލް އިދާރާ މެދުވެރިކޮށް އެ މައުލޫމާތު މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ހުރިހާ މަސްވެރިންވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!