މަސްވެރިކަމާއި ގުޅޭ

ހިންދު ދިދަ މަސް

މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ އެކަހެރިކޮންނާއި ޖޯޑުޖޯޑަށެވެ. ނަމަވެސް ބައެއްފަހަރު ކުދިކުދި އައިންހަދައިގެންވެސް އުޅެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މިމަސް ޢާއްމުގޮތެއްގައި އުޅެނީ ގާތްގަޑަކަށް 2 މީޓަރުން ފެށިގެން 20 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. ފަރުމަތީގައި ހުންނަ ހަތާތަކުގެދަށުގައި އޭގެ ނިވާކަން ހޯދައިގެންނެވެ. މިއީ މަދުމަދުން ދުނިޔޭގެ ދިރޭމަހުގެ މާރުކޭޓުތަކަށް ރާއްޖެއިން ބޭރުކުރެވޭ މަހެކެވެ. މިއީ ޓޭންކަށް ގަދަމަހެއްނޫނެވެ.

މިމަސް އެންމެބޮޑުވަނީ ގާތްގަޑަކަށް 19 ސެންޓިމީޓަރަށެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވާ ޢާއިލާއެއްގެ މަހަކަށްވެފައި މަހަށްކިޔާ އިގިރޭސިނަމާއި ގުޅޭގޮތަށް މިމަހަށް ހިންދުދިދަމަސް ކިޔާފައިވަނީއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 16 ހަރުކަށްޓާއެކު 23 އާއި 25 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބުރަކަށިމަތީ ހަރުކަށިތަކުގެ ތެރެއިން ހަތަރުވަނައަށް ހުންނަ ހަރުކަށި އެންމެދިގުވެފައި މިކަށީގެ ދިގުމިން ފަސްވަނައަށް
ހުންނަ ރުކަށްޓަށްވުރެން ތަންކޮޅެއް ދިގެވެ. މަހުގެ ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 17 ނުވަތަ 18 މަޑުކަށިހުރެއެވެ. މަހުގެ ތަލައިގައްޔާއި ލޮލުގެ މަތީފަރާތުން ކޮޅަށް އޫކޮށް އުފުލިފައިހުންނަ އުލުންތަކެއް ހުރެއެވެ. މަހުގައި ހުންނަނީ ހުދުކުލައާއި މުށިކުލައެވެ.

އިނގިރޭސި ނަން: Indian bannerfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!