މަސްވެރިކަމާއި ގުޅޭ

ދެފަށް ކާޅު

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ތިލަހިސާބުތަކުގައި ގިނައިން އުޅޭ ކަނޑުކާޅުގެ ބާވަތެކެވެ. މިއީ ދިވެހިން މަދުމަދުން ކައިއުޅޭ މަހެކެވެ.
މިބާވަތުގެ ކާޅު އޭގެ މާޙައުލުގައި އުޅޭއިރު ކުލަބަދަލުކުރެއެވެ. ކުލަ ފަނޑުކޮށް ހުންނައިރު ލޮލުގެ ފަހަތުގައި ހުންނަ ގުޅިފައިވާ ދެފަށް ވަރަށް
ސާފުކޮށް ފެންނަން ހުރެއެވެ. މިބާވަތުގެ ކާޅު ރާއްޖެއިން ބޭރަށް ދިރުވައިގެން ބޭރުކުރެއެވެ.

މަހުގެ ކުލައަކީ މުށިކުލައެކެވެ. ލޮލުގެ ފަހަތުގައި ގުޅިފައިވާ ކަޅުކުލައިގެ ދެފަށް ހުރެއެވެ. މިބާވަތުގެ ކަނޑުކާޅު ބޮޑުވުމުން މިދެފަށް ވަކިވެދެއެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. ނިގޫފަތުގެ ކައިރީގައިވާ ކަށީގެ ވަށައިގެން ކަޅުކުލައިގެ ލަފެއް ހުރެއެވެ. މިލަފުގެ ވަށައިގެން ފަނޑުނޫކުލައިގެ ފަށެއްވެސް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކަށްޓާއެކު 23 ނުވަތަ 24 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3
ހަރުކަށްޓާއެކު 22 ނުވަތަ 23 މަޑުކަރިހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް ކިޔާ އިނގިރޭސިނަމާވެސް ގުޅުވައިގެން މަހުގެ ހުރި އެންމެ ފާހަގަކުރެވޭ ސިފައިގެ މައްޗަށް ވިސްނާ "ދެފަށާރާޅު" ކިޔާފައިވަނީއެވެ. މިމަސް އާންމުކޮށް އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ކުދި އައިންހަދައިގެންނެވެ. މަހުގެ ކާނާއަކީ މޫދުފެއްސާއި ގަލުފެއްސެވެ. މިމަސް އެންމެ ބޮޑުވަނީ 31 ސެންޓިމީޓަރަށެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!