މަސްވެރިކަމާއި ގުޅޭ

maldives-adb-covid-support

ކޯވިޑް-19ގެ ސަބަބުން ބަންގްލަދޭޝްގެ މަސްވެރިކަމުގެ ސިނާއަތަށް ކުރި އަސަރު ކުޑަކުރުމަށް 3 މިލިއަން ޑޮލަރުގެ ލޯނު ދީފި

ކޯވިޑް-19 ގެ ސަބަބުން ބަންގްލަދޭޝްގެ މަސްވެރިކަމުގެ ސިނާއަތަށް ކޮށްފައިވާ އަސަރުކުޑަކުރުމަށް އެޤައުމުގެ ސަރުކާރުން 3 މިލިއަން ޑޮލަރުގެ ލޯނުގެ ދީފިއެވެ.

މިލޯނު ބަންގްލަދޭޝްގެ މަސްވެރިންނާއި މިސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޯރުކޮށްދީފައިވަނީ ޕަބްލިކް އަދި ޕްރައިވެޓް ބޭންކުތައް މެދުވެރިކޮށެވެ. ބަންގްލަދޭޝްގެ ޑިޕާޓްމަންޓު އޮފް ފިޝަރީޒްގެ އެޑިޝަނަލް ޑިރެކްޓަރ ޖެނެރަލް އަދި ޗީފް ސައިންޓިފިކް އޮފިސަރ ރަމްޒާން އަލީ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 1326 ފަރަތަކަށް ޖުލައިމަހުގެ ނިޔަލަށް ލޯނު އެހީ ދީފައިވާކަމަށެވެ.  އޭނާ ވިދާޅުވީ ކުރިޔަށް މިހިނގާ މަސްތަކުގައިވެސް މިފަދަ އިތުރު ލޯނުތައް  ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށެވެ. މިލޯނުތައް  ދޫކޮށްފައިވަނީ 4 ޕަސެންޓުގެ އިންޓްރެސްޓް ރޭޓަކާއެކުގައެވެ.

މިއީ ކޯވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ބަންގްލަދޭޝްގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ 578.5 މިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ދެވޭ ލޯނުތަކެކެވެ.

މިގޮތުން ފޯރުކޮށްދޭ ލޯނުތައް މަސްވެރިން ބޭނުންކުރަނީ އެކިއެކި ވަސީލަތްތައް ހޯދުމަށާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށާއި، މާރކެޓްކުުރުމަށެވެ.
މި ލޯނުތައް މަސްވެރިންނާާއި، މަސްވެރިކަމުން ބާނާ މަހުގެ އެކި ބާވަތްތައް އުފައްދަ ފަރާތްތަކާއި، މަސްވެރިކަމާ ގުޅުން ހުރި އެކި ދާއިރާތަކުގެ ފަރަތްތަކަށް ފޯރުކޮށްދެއެވެ.

ލޯނުގެ އެހީގެ އިތުރުން ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެޤައުމުގެ މަސްވެރިންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް އެހެން ގޮތްގޮތުންވެސް އެހީތެރިވަމުންނެވެ. މިގޮތުން ކޯވިޑް-19 ގެ މައުލޫމާތު ސާފުކޮށްދީ، ސަޕްލައި ވެއިން ދެމެހެއްޓުމާއި، މަހާއި މަހުގެ ބާވަތްތައް މާރކެޓްކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަނީ އެހީތެރިވަމުންނެވެ.

ބަންގްލަދޭޝްއިން 2017-2018 ވަނަ އަހަރާއި ދެމެދު 68،935 މެޓްރިކްޓަން ނުވަތަ 514 މިލިއަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތައް ވަނީ ޤައުމުން ބޭރަށް އެކްސްޕޯޓުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!